ފަންނާނުންގެ މައްސަލަތަކަށް ސަރުކާރުން ޙައްލު ހޯދައިދޭނެ ކަމަށް ޝައްކު ނުކުރައްވާ ކަމަށް ކުރީގެ ރައީސުލް ޖުމްހުރިއްޔާ މަޢުމޫން އަބްދުލް ޤައްޔޫމް ވިދާޅުވެއްޖެއެވެ.
މިއަދު މަޢުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަންނާނުންގެ ފޯރަމްގައި ރޭ ވާހަކަ ދެއްކި ގިނަ ފަންނާނުން ހުށަހަޅުއްވާފައިވަނީ ޙަޤީޤީ މައްސަލަތަކެއް ކަމަށެވެ. އަދި މިސަރުކާރުން މިމައްސަލަތައް ޙައްލު ކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޤަބޫލު ކުރައްވާނެ ކަމަށް މަޢުމޫންވަނީ ވިދާޅުވިއެވެ.
ފިލްމީ ދާއިރާގައި ހަރަކާތްތެރިވާ ވަރަށް ގިނަ އެކްޓަރުންނާއި ޑައިރެކްޓަރުން އަދި ފިލްމް ޕްރޮޑިއުސަރުން ބައިވެރިވި މި ފޯރަމުގައި އަތޮޅުތެރޭގައި ފިލްމު އަޅުވައި އިޝްތިހާރު ކުރުމުގައި ހުރި ދަތިތަކުގެ ވާހަކަ ދަންނަވާފައެވެ. އަދި އާކައިވްއެއް ނެތުމުގެ ދައްޗާއި ފިލްމު ދައްކައި ޑިސްޓްރިބިއުޓް ކުރުމުގައި ވެސް ކުރިމަތިލާން ޖެހިފައިވާ ދަތިތަކުގެ ވާހަކަ ހިއްސާ ކުރިއެވެ. އަދި އަތޮޅު ތެރޭގައި ފިލްމު ދެއްކޭނެ ނިޒާމެއް ގާއިމުކުރުމަށް ސިނަމާ ހޯލް ހެދުމަށް ޚިޔާލު ހުށައެޅިގެން ދިޔައެވެ.
ކަލްޗާ އެންޑް ހެރިޓެޖް މިނިސްޓަރ ޔުމްނާ މައުމޫން ބައިވެރިވި މިފޯރަމްގައި މިނިސްޓަރވަނީ މިމައްސަލަތައް ޙައްލު ކުރުމަށް ކޮމިޓީއެއް އުފައްދަވާނެ ކަމަށް ވިދާޅުވެފައެވެ.
ފަންނާނުންގެ ކަންބޮޑުވުންތައް ސަރުކާރުން ޙައްލުކޮށްދޭނެ - މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ