3 ގައުމެއްގެ ފޮރިން މިނިސްޓަރުންނާ އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފި

އެކި ގައުމުތަކުގެ ފޮރިންމިނިސްޓަރުންނާއި ގައުމުތަކުގެ ދާއިމީ މަންދޫބުންނާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ބައްދަލުކުރައްވައިފިއެވެ.
އެމެރިކާގެ އަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަބްދުﷲ ޝާހިދުވަނީ ބެލްޖިއަމް، ކުވެއިތު، ޑޮމެނިކަން ރިޕަބްލިކްގެ ފޮރިން މިނިސްޓަރުންނާ ބައްދަލުކުރައްވާފައެވެ.
އެބައްދަލުވުންތަކުގައި ރާއްޖެއާ އެގައުމުތަކާ ދެމެދު އޮންނަ ދޭދޭ ގުޅުން އިތުރަށް ފުޅާ ކުރެވޭނެ ދާއިރާތަކާއި މެދު ވަނީ މަޝްވަރާ ކުރައްވާފައެވެ.
އަދި ބައިނަލްއަގްވާމީ މުޖުތަމައުގައި ރާއްޖޭގެ ދައުރު އިތުރަށް ފުޅާކުރުމަށްވެސް ވަނީ މަޝްވަރާކުރައްވާފައެވެ.
މީގެ އިތުރަށް ފިޖި، ސިންގަޕޫރު، އިންޑިއާ، ޖަޕާން، ޔޫއޭއީ، ކެނެޑާ، ސައުދި އަރަބިއާ އަދި ނައިޖީރިއަގެ ދާއިމީ މަންދުބުންނާވެސް ވަނީ މަޝްވަރާ ކުރައްވާފައެވެ.
ގައުމުތަކާއި މެދު އޮންނަ ގުޅުން ބަދަހިކުރުމަށާއި ހާއްސަކޮށް ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
ހާއްސަކޮށް ރާއްޖެއަށް ދިމާވެފައިވާ މޫސުމީ މައްސަލަތަކުގައި ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެ އިތުރަސް ފޮރިން މިނިސްޓަރ އަބްދުﷲ ޝަހިދު ވަނީ އެމެރިކާގެ ސެކިއުރިޓީ ކައުންސިލާވެސް ބައްދަލުކުރައްވާފައެވެ.
މިދަތުރުފުޅުގައި އެމެރިކާގެ ނިއުޔޯކްގައި މިއަދު ބާއްވާ ޔުނައިޓެޑް ނޭޝަންސް ސެކިއުރިޓީ ކައުންސިލް އޯޕެންޑިބޭޓްގައި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން އަބްދުﷲ ޝާހިދު ތަގުރީރު ކުރައްވާނެއެވެ.
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެމެރިކާއަށް ކުރަށްވަމުންގެންދަވާ މިދަތުރުފުޅަކީ ޔޫއޭއީ އިނގިރޭސިވިލާތް އަދި އެމެރިކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިންނެވެ.
މިގައުމުތަކަށް ފުރާވަޑައިގަތުމުގެ ކުރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވީ މިދަތުރުފުޅުގެ ބޭނުމަކީ ރާއްޖޭގެ ތަރައްގީއަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ މަޝްރޫއުތަކަށް އެހީތެރިކަމާ އެއްބާރުލުން ހޯދުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ