ވޯލްޑް ކަޕް 2018: ބްރެޒިލް އާ ސްވިޒަލޭންޑު ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން ވީ އެއްވަރު

ވޯލްޑް ކަޕް 2018 ގައި ބްރެޒިލް އާ ސްވިޒަލޭންޑު ބައްދަލުކުރި މެޗު 1-1 ގެ ނަތީޖާއަކުން އެއްވަރު ވެއްޖެއެވެ.
އިއްޔެ ކުޅުނު މިމެޗުގައި ފުރަތަމަ ލަނޑު ޖެހީ ބްރެޒިލް އިންނެވެ.
ބްރެޒިލްގެ ލަނޑު މެޗުގެ 20 ވަނަ މިނެޓްގައި ކްޓިނިއޯ ކާމިޔާބު ކުރީ އޭރިއާގެ ބޭރުން، އޭރިއާގެ ކަނާ ދިމާލުން ފޮނުވާލި ބާރު ބޯޅަ، ގޯލްގެ ދަނޑިގައި ޖައްސާލުމަށް ފަހު އެވެ.
ފުރަތަމަ ހާފު ނިމުމުގެ ކުރިން، ބްރެޒިލްގެ ތިއާގޯ ސިލްވާ އަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިފަ އެވެ. ނޭމާ ނެގި ކޯނަރު ތިއާގޯ ސިލްވާ ބޮލުން ފޮނުވާލުމުން އެ ބޯޅަ ދިޔައީ، ހުރަސް ދަނޑި މަތިން ބޭރަށެވެ.
ސްވިޒަލޭންޑްގެ ލަނޑު މެޗުގެ 50 ވަނަ މިނެޓްގައި ޝަކީރީ ނެގި ކޯނަރު ބޮލުން ގޯލް ތެރެއަށް ފޮނުވާލައިގެން ކާމިޔާބު ކުރީ، ސްޓެފަން ޒޫބާ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ