ތުނބުޅި ބެހެއްޓުމަކީ ވާޖިބެއް ކަމަށް ޢިލްމުވެރިން ވިދާޅުވާއިރު އިސްލާމީ ޤައުމެއްގައި ވަޒީފާ އަދާކުރާ މުސްލިމުންނަށް ތުނބުޅި ބޭލުމަށް ނޭންގޭނެ ކަމަށް މާފުށީ ކޯޓުން ޙުކުމްކޮށްފި

ޑީޕީއާރުއެސްގެ މުވައްޒަފުންތަކެއް ފެރީގައި ދަތުރުކުރަނީ - ފޮޓޯ : ހަވީރު ނޫސްތުނބުޅި ބެހެއްޓުމަކީ ވާޖިބެއް ކަމަށް ޢިލްމުވެރިން ވިދާޅުވާއިރު، އިސްލާމްދީނުގައި މިހާ މަތީ ދަރަޖައެއް ދެއްވާފައިވާ ކަމެއް ނުކުރުމަށް ސަތޭކަ ޕަސެންޓް އިސްލާމީ ޤައުމެއްގައި ވަޒީފާ އަދާކުރާ މުސްލިމުންނަށް ނޭންގޭނެ ކަމަށް މާފުށީ މެޖިސްޓްރޭޓް ކޯޓުން ޙުކުމް ކޮށްފިއެވެ.މާފުށީ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ޙުސައިން ނިންމަވާފައިވާ އެ ޙުކުމުގައި ބުނެފައިވަނީ “އާދަމްގެފާނުން ފެށިގެން މުހައްމަދުގެފާނާ ހަމައަށް ހުރިހާ ރަސޫލުން ތުނބުޅިފުޅު ބެހެއްޓެވި” ކަމަށާއި، “އެ ކަލޭގެފާނުގެ އަސްހާބު ބޭކަލުންނާއި ޚަލީފާވެރިން ވެސް ތުނބުޅި ބެހެއްޓެވި” ކަމަށެވެ. އަދި ރާއްޖެއަކީ ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއް ކަމަށްވުމުން، އިސްލާމް ދީނާ ޚިލާފް އެއްވެސް ޤަވާއިދެއް ރާއްޖޭގައި ނުހެދޭނެ ކަމަށް އެ ޙުކުމުގައިވެ އެވެ.އޭގެ އިތުރުން ޙުކުމުގައި ބުނެފައި ވަނީ”ކަނޑައެޅިގެން ފިރިހެނުން އަންހެނުންގެ ސިފަ ޖައްސަން ތުނބުޅި ބޭލުމަށް ނޭންގޭނެ” ކަމަށެވެ. އެހެންކަމުން، ޑީޕީއާރްއެސް ގައި ވާޒީފާ އަދާކުރާ މުސްލިމް ފިރިހެން އެއްވެސް މުވައްޒަފަކަށް ތުނބުޅި ބޭލުމަށް އަންގައިގެން ނުވާނެ ކަމަށް ޑީޕީއާރްއެސްގެ މައްޗަށް ޝަރީއަތުގެ ފަރާތުން އަންގާ އަމުރުކޮށްފައި ވެއެވެ.ޑީޕީއާރްއެސްގެ މުވައްޒަފުން ތުނބުޅި ބޭލުމަށް މަޖުބޫރުކުރާ ޤަވާއިދެއް ހަދާފައިވާތީ، މާފުށީ ޖަލު ބަލަހައްޓާ ޕްރިޒަންސް އޮފިސަރުންތަކެއް އެރަށު ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިގޮތަށް ކޯޓުން ޙުކުމް ކޮށްފައި ވަނީ މިއަހަރުގެ މާޗް މަހުގައެވެ.ނަމަވެސް، މި ޙުކުމް އިސްތިއުނާފްކުރުމަށްޓަކައި ޑީޕީއާރްއެސް އިން މިހާރު ހައި ކޯޓަށް ހުށަހަޅާފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ.އެ ޙުކުމުގައި ބުނެފައިވަނީ “އާދަމްގެފާނުން ފެށިގެން މުހައްމަދުގެފާނާ ހަމައަށް ހުރިހާ ރަސޫލުން ތުނބުޅިފުޅު ބެހެއްޓެވި” ކަމަށާއި، “އެ ކަލޭގެފާނުގެ އަސްހާބު ބޭކަލުންނާއި ޚަލީފާވެރިން ވެސް ތުނބުޅި ބެހެއްޓެވި” ކަމަށެވެ. އަދި ރާއްޖެއަކީ ސަތޭކަ ޕަސެންޓް އިސްލާމީ ގައުމެއް ކަމަށްވުމުން، އިސްލާމް ދީނާ ޚިލާފް އެއްވެސް ޤަވާއިދެއް ރާއްޖޭގައި ނުހެދޭނެ ކަމަށް އެ ޙުކުމުގައިވެ އެވެ.ފުލުހުންގެ މުއައްސަސާ އާއި ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރު ފަދަ މުއައްސަސާތަކުގައި ވެސް ތުނބުޅި ބޭލުމަށް މަޖުބޫރުކޮށް ޤަވާއިދު ހަދާފައިވާތީ އެތަންތަނުގައި މަސައްކަތްކުރާ ބައެއް މުވައްޒަފުން ވެސް ދަނީ އެކަމާ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އަދި މިކަމަށް ޙައްލެއް ލިބޭތޯ އެމުވައްޒަފުން އިސްލާމިކް މިނިސްޓްރީގެ ވެރިންނާ ވެސް އެކި ފަހަރު މަތިން ބައްދަލުކޮށްފައި ވެއެވެ. ނަމަވެސް، މިކަމަށް މިހާތަނަށް އަލިމަގެއް ފެނިފައިނުވެއެވެ.ތުނބުޅި ބޭލުމަކީ ކަނޑައެޅިގެން ޙަރާމް ކަމެއް ކަމަށާއި، ތުނބުޅި ދިގުކުރުމަކީ ކަނޑައެޅިގެން ވާޖިބެއް ކަމުގައި އިސްލާމީ އުއްމަތުގެ މަޝްހޫރު ހަތަރު މަޛްޙަބުގެ އިމާމުންނާއި، އެބޭކަލުންގެ ދަރިވަރުންނާއި، ބޮޑެތި ޢިލްމުވެރިން ޤުރުއާނާއި ސުންނަތުގެ ދަލީލުތަކުގެ އަލީގައި ވިދާޅުވެއެވެ.އިސްލާމިކް އެފެއާޒް މިނިސްޓަރ ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ އިތުރުން ރާއްޖޭގެ ބޮޑެތި ޢިލްމުވެރިން ވެސް ވަނީ ތަފާތު ދަރުސްތަކުގައި ބޭފުޅުން ސުވާލުކުރެއްވުމުން ތުނބުޅި ބޭލުމަކީ ޙަރާމްކަމެއް ކަމަށާއި، ތުނުބުޅި ދިގުކުރުމަކީ ވާޖިބެއް ކަމުގައި ދަލީލުތަކުން ބަޔާންކުރައްވާފައެވެ.މާލޭ އިންޓަނޭޝަނަލް އެއާޕޯޓްގައި މަސައްކަތްކުރާ މުވައްޒަފުން އެމީހުންގެ ވަޒީފާގައި ދެމިތިބެވޭނީ ތުނބުޅި ބާލައިގެން ކަމަށް އެތަނުގެ ވެރިންގެ ފަރާތުން އެންގުމުން އެމުވައްޒަފުން ކަންބޮޑުވުން ފާޅުކޮށް ސުވާލުކުރުމުން، ޖަމްޢިއްޔަތުއްސަލަފްގެ ރައީސް އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް ލިޔުމުން 14 ފެބްރުއަރީ 2009 ގައި ދެއްވާފައިވާ ޖަވާބުގައި ބުނެފައި ވަނީ ފިރިހެނުން އެކީ އެކައްޗަކަށް ތުނބުޅި ބޭލުމަކީ ސިފަ ބަދަލުކުރުމެއް ކަމާއި، އެއީ ޙަރާމް ކަމެއް ކަމުގައި މުޅި އިސްލާމީ އުއްމަތް އިއްތިފާޤް ވެފައިވާ ކަމަށެވެ.“ފިރިހެނުން ތުނބުޅި ބޭލުމަކީ އިސްލާމްދީނުގައި ޙަރާމް ކަމެއްކަން އެނގޭން އޮތްއިރު ކޮންމެ ބަހަނާއެއްގައި ވިޔަސް އެކަމަށް އެއްވެސް ފަރާތަކުން އަމުރުކޮށް މަޖުބޫރުކުރުވުމީ އެއްވެސް ޙާލެއްގައި ހުއްދަވެގެންވާ ކަމެއް ނޫނެވެ. އެއީ ކަނޑައެޅިގެން މާތް ﷲ ގެ ޥަޙީއާއިގެން މިއުއްމަތަށް ކައުކުރެއްވި މާތް ނަބިއްޔާގެ އަމުރުފުޅުގެ މައްޗަށް އަމުރުކޮށް އެކަލޭގެފާނަށް އުރެދުން ކަމުގައި މެނުވީ ނުވާ ހުއްޓެވެ. ފަހެ އެފަދަ މީހުން މާތް ﷲ ގެ ދަރުބާރުގައި އެކަނިމާއެކަނި ހުއްޓެންޖެހޭ ދުވަހު މަސްޢޫލުވާންހެނެ ކަންކަމާ މެދު ބިރުވެތިވުން ހުއްޓެވެ. މިކަންކަމުގެ ޙުކުމް އޮތްގޮތް ނޭނގޭނަމަ އެބައެއްގެ މައްޗަށް ލާޒިމްވެގެން ވަނީ ކަން އޮތްގޮތް އޮޅުން ފިލުވައި، ޙައްޤުގެ މަގަށް ރުޖޫޢަވުމެވެ.” ޝައިޚް ޢަބްދުﷲ ވިދާޅުވެފައި ވެއެވެ.ޝައިޚް ޢަބްދުﷲ ވިދާޅުވެފައި ވަނީ ތުނބުޅި ބޭލުމަށް މަޖުބޫރު ކުރުވުމަށް އެއްވެސް ޙާލެއްގައި ޤާނޫނެއް ނުވަތަ ޤަވާއިދެއް ހެދުން ހުއްދަ ނުވާނެ ކަމަށާއި އެއީ އިސްލާމީ ޝަރީޢަތާ ފުށުއަރާ ކަމެއް ކަމަށެވެ.ތުނބުޅި ދިގުކުރުމުގެ ވާޖިބުކަމާ މެދު ދުނިޔޭގެ މަޝްހޫރު ޢިލްމެރިއެއްކަމުގައިވާ އައްޝައިޚް މުޙައްމަދު ޒަކަރިއްޔާ ލިޔުއްވާފައިވާ ފޮތެއް އައްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ދިވެހި ބަހަށް ތަރުޖަމާކުރައްވާފައެވެ. މިފޮތް ބައެއް ދީނީ ވެބްސައިޓްތަކުގައި ވެސް ވަނީ ޝާއިއުކޮށްފައެވެ.އައްޝައިޚް އަބޫބަކުރު އިބްރާހީމް ޢަލީ ތަރުޖަމާކުރައްވާފައިވާ ފޮތް – “ތުނބުޅި ދިގުކުރުމުގެ ވާޖިބުކަން” ތުނބުޅި ބޭލުމާމެދު އައްޝައިޚް ޢަބްދުﷲ ބިން މުޙައްމަދު އިބްރާހީމް އާއި ކޮށްފައިވާ ސުވާލަކަށް ދެއްވާފައިވާ ޖަވާބު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ