ޖޭޕީގެ ލީޑަރު ގާސިމް މިއަދު ކޯޓަށް ހާޒިރުވާން އަންގައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިއަދު އަނެއްކާ ވެސް ކޯޓަށް ހާޒިރުވާން އަންގައިފި އެވެ.
ގާސިމް ކްރިމިނަލް ކޯޓަށް ހާޒިރުވާން އަންގާފައިވަނީ މިއަދު 2:00 އަށެވެ. ގާސިމަށް ޗިޓް ފޮނުވީ ވެސް މިއަދު އެވެ.
ގާސިމް ކޯޓަށް ހާޒިރުވާން އަންގާފައި މިވަނީ ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ތިން ދައުވާއާ ގުޅިގެންނެވެ. އެގޮތުން ގާސިމްގެ ދައުލަތުން ކުރާ ދައުވާތަކަކީ ގާނޫނުލްއުގޫބާތުގެ 510 ވަނަ މާއްދާގެ ދަށުން ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާ އާއި 511 ވަނަ މާއްދާގެ ދަށުން ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަމަކަށް ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އާއި 540 ވަނަ މާއްދާގެ ދަށުން ވޯޓު ދޭން ހުރި މީހަކަށް ނުފޫޒެެއް ފޯރުވަން އުޅުނު ކަމުގެ ދައުވާ އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާގެ ލިޔުންތައް މިމަހުގެ 13 ވަނަ ދުވަހު ކޯޓުން ވަނީ ގާސިމް އިބްރާހީމާ ހަވާލުކޮށްފަ އެވެ. އަދި މިމަހުގެ 14 ވަނަ ދުވަހުގެ ރެއަށް މިމައްސަލައިގެ އަޑުއެހުމެއް ތާވަލްކުރުމަށްފަހު އެ ދުވަހު ވަނީ އަޑުއެހުން ކެންސަލްކޮށްފަ އެވެ. އެހެންކަމުން މިއަދު ބާއްވާ އަޑުއެހުމަކީ ގާސިމްގެ މައްޗަށް ދައުލަތުން ކުރާ ދައުވާ ތަކާއި ގުޅުިގެން ޝަރީއަތް ފެށުމަށް ބާއްވާ އަޑުއެހުމެއް ކަމަށް ބެލެވެ އެވެ.
ކްރިމިނަލް ކޯޓުގެ ޗިޓްގައިވާ ގޮތުން ގާސިމް މިއަދު ކޯޓަށް ހާޒިރުކުރަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ތިން ދައުވާގެ ތެރެއިން ރިޝްވަތު ދިނުމަށް ހުށަހެޅުމުގެ ކުށުގެ ދައުވާއާ ގުޅިގެންނެވެ.
-- ތަފްސީލް އަންނަނީ --
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ