ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކެޓްރީ ޖެނެރަލް އަހުމަދު ސަމީރު ރާއްޖެއެމްވީއަށް ވިދާޅުވީ ގާސިމް އެޑްމިޓް ކޮށްފައިވަނީ އޮފީހަށް ވަޑައިގަންނަވަނިކޮށް ބޯ އަނބުރަައި، ހޮޑުލަވާ ގޮތްވެ، އަދި ނޭވާ ކުރުވާން ފެށުމުން ކަމަށެވެ.
"އާލާސްކަންފުޅު ޖެހުނީ ކާރުކޮޅުގައި އިންނަވަނިކޮށް،" ސަމީރު ވިދާޅުވި އެވެ.
އޭރު ކާރުކޮޅު އޮތީ ބަންޑާރަ މިސްކިތް ކައިރީގައި ކަމުން އެންމެ އަވަހަށް ދެވޭ ހޮސްޕިޓަލަކަށް ގާސިމް ވަޑައިގަތީ ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
"ޑޮކްޓަރަށް ދެއްކުމުން އެޑްމިޓް ކުރެއްވީ،" އޭނާ ވިދާޅުވި އެވެ.
ގާސިމް މެޑިކާ ހޮސްޕިޓަލުގައި އެޑްމިޓްކޮށްފައިވާއިރު މިއަދު 2:00 އަށް ކްރިމިނަލް ކޯޓުން ވަނީ މައްސަލައެއް ތާވަލް ކޮށްފައެވެ. އެހެންވެ، މިކަމާ ގުޅޭ ގޮތުން ލޯޔަރުން ގެންދަވަނީ މަޝްވަރާ ކުރައްވަމުން ކަމަށް ވެސް ސަމީރު ވިދާޅުވި އެވެ.
ކޮސް ވެއްޖެ
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ގާސިމް މެޑިކާ ހޮސްޕިޓަލުގައި ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ