މެމްބަރު މުހައްމާއާ ބައްދަލުވެ އޭނާގެ ސާބިތުކަން އެނގިއްޖެ: ނަޝީދު

ޕީޕީއެމަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެމްބަރު މުހައްމަދު އަބްދުﷲ (މުހައްމާ) އާ ބައްދަލުވެ ވާހަކަ ދައްކާލުމުން އޭނާގެ ހިތްވަރާއި ސާބިތުކަން ސާފުވެއްޖެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދާ މިއަދު ވިދާޅުވެއްޖެ އެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން މަޖިލީހަށް ހުށަހެޅި މައްސަލާގައި ސޮއިކުރެއްވި ޕީޕީއެމްގެ 10 މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމާ ނަޝީދާ ބައްދަލު ކުރެއްވީ ސްރީ ލަންކާގަ އެވެ.
MP Mohamed Abdulla aai bahdhalve vaahaka dhakkaalan libunu furusathugai ebeyfulhaage hivvaraai saabithukan saafuvi pic.twitter.com/od3ve1PSmw— Mohamed Nasheed (@MohamedNasheed) July 5, 2017
ނަޝީދު ކުރެއްވި ޓްވީޓް"މުހައްމަދު އަބްދުﷲ އާ ބައްދަލުވެ ވާހަކަ ދައްކާލަން ލިބުނު ފުރުސަތުގައި އެ ބޭފުޅާނެ ހިތްވަރާއި ސާބިތުކަން ސާފުވި" ކަމަށް ވިދާޅުވެ ނަޝީދު ވަނީ މުހަންމާއާ ބައްދަލުކުރައްވާ ފޮޓޯއެއް ޓްވީޓް ކުރައްވައިފަ އެވެ.
މަސީހުގެ އިތުބާރު ނެތް ކަމަށް 45 މެމްބަރުންގެ ސޮޔާ އެކު ހުށަހެޅި މައްސަލާގައި ޕީޕީއެމްގެ 10 މެމްބަރަކު ސޮއި ކުރެއްވި މައްސަލަ ހޫނުވެ، ބައެއް މެމްބަރުން ވަނީ ޕީޕީއެމަށް ފާޑު ވިދާޅުވެފަ އެވެ. އަދި ސޮއި ކުރެއްވި މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް މުހައްމަދު ޕީޕީއެމުން ވަކިވެ ވަޑައިގެންފައިވާއިރު ދަނގެތި ދާއިރާގެ މެމްބަރުން އިލްހާމް އަހުމަދު ވަނީ ޕީޕީއެމްގައި އޭނާ އަދާ ކުރައްވާ މަގާމުތަކުން އިސްތިއުފާ ދެއްވައިފަ އެވެ.
އިދިކޮޅު ކޯލިޝަނުން ބުނަނީ އަސްލު އަދަދަކީ 45 ނޫން ކަމަށާއި ވޯޓު ނަގާއިރު އެ އަދަދު އިތުރުވާނެ ކަމަށެވެ. އެކަމަކު ޕީޕީއެމުން ބުނަނީ އެ ޕާޓީގެ ބައެއް މެމްބަރުން ސޮއި ކުރެއްވިޔަސް މަސީހާ ދެކޮޅަށް ވޯޓު ނުދެއްވާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ