ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ފުލުހުން ހައްޔަރުކޮށްފިއެވެ.
ސަމީރު ހައްޔަރުކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކުރިމަތިކުރުވަމުން އަންނަ އަނިޔާތަކާއި ދެކޮޅަށް މިރޭ ބޭއްވި އިހްތިޖާޖުގެ ތެރެއިންނެވެ.
ސަމީރު ހައްޔަރުކޮށްފައިވަނީ ބާރުގެ ބޭނުންކޮށްގެން ބިޑިވެސް އަޅުވައިގެންނެވެ.
ޖުމްހޫރީ ޕާޓީގެ ތަރުޖަމާން އަލީ ސޯލިހު ވިދާޅުވީ ސަމީރު ހައްޔަރުކޮށްފައިވަނީ ގާނޫނީ އިމުން ބޭރުންކަމަށާ އެކަމާއި ކަންބޮޑުވާކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ކުރިމަތިކުރުވަމުން އަންނަ އަނިޔާތަކާއި ދެކޮޅަށް މިރޭ ބޭއްވި އިހްތިޖާޖުގެ މައުލޫމާތު މީޑިއާތަކާއި ހިއްސާކުރަމުންދަނިކޮށް ސަމީރު ހައްޔަކުރުން އެންމެ ހަަރުކަށި އިބާރާތުން ކުށްވެރިކުރައްވާކަމަށެވެ.
ސަމީރު ހައްޔަރުކުރުމާއި ގުޅޭގޮތުން ޖުމްހޫރީ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސަމީރު ހައްޔަރުކުރި ކުރުން ހަރުއަޑުން ކުށްވެރިކުރައްވާކަމަށެވެ.
އަދި ސަމީރު ވަގުތުން މިނިވަންކުރުމަށް އަމީން ވަނީ ގޮވާލައްވާފައެވެ.
ޖުމްހޫރީ ޕާޓީގެ އެސްޖީގެ އިތުރުން މިރޭގެ އިހްތިޖާޖުގެ ތެރެއިން ބައެއް އާންމުންވެސް ވަނީ ހައްޔަރުކޮށްފައެވެ.
މަޖީދީ މަގު އަތަމާ ޕެލަސް ކުރިމަތިން ފެށި އިހްތިޖާޖަށް ފުލުހުން ހުރަސްއަޅާ ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ މާފަންނު ކުނޫޒާއި ހަމައަށް އާންމުން ފުލުހުން ވަނީ ފަހަތަށް ޖައްސާފައެވެ.
ތަފްސީލް އަންނަނީ---
ޖުމްހޫރީ ޕާޓީގެ އެސްޖީ އަހުމަދު ސަމީރު ހައްޔަރުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ