މެމްބަރު އަބްދުއްރަހީމް ހޮސްޕިޓަލުން ދޫކޮށްލައިފި

ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ އަށް އައިޖީއެމްއެޗްގައި ފަރުވާ ދިނުމަށް ފަހު އިއްޔެ ދޫކޮށްލައިފި އެވެ.
އަބްދުއްރަހީމް މިދިޔަ ހުކުރު ދުވަހުގެރޭ ފަތިހު އައިޖީއެމްއެޗްގައި އެޑްމިޓްކުރީ އޭނާގެ މެއަށް އެރި ތަދަކާ ގުޅިގެންނެވެ. އޭނާ އެޑްމިޓް ކުރީ ބައެއް ޓެސްޓްތައް ހެދުމަށްޓަކަ އެވެ.
އަބްދުއްރަހީމްގެ ގާތް މީހަކު ބުނީ އޭނާގެ ހާލު މިހާރު ރަނގަޅު ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރު ދިފާއު ކުރެއްވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވާ އަބްދުއްރަހީމަކީ ރައީސް ޔާމީންގެ އަރިހުގައި އެންމެ ގާތްކޮށް މަސައްކަތް ކުރައްވާ އެއް މެމްބަރެވެ.
ޕީޕީއެމުން ހުކުރު ދުވަހުގެރޭ "ރުމާލު 2" ޖަގަހައިގައި ބޭއްވި ޖަލްސާގައި ވެސް އަބްދުއްރަހީމް ބައިވެރިވެވަޑައިގަތެވެ.
Meyah thadheh araigen member abdhuraheem hospital gai admit koffi
Mihaaru
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ