އިންޓަ ސްކޫލް ނެޓްބޯޅަ މުބާރާތް ބުދަ ދުވަހު ފަށަނީ

ނެޓްބޯޅަ އެސޯސިއޭޝަނުން އިންތިޒާމް ކޮށްގެން ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ އިންޓަ ސްކޫލް ނެޓް ބޯޅަ މުބާރާތް މިމަހު ފަސް ވަނަ ދުވަހު ފަށަން ނިންމައިފި އެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުން ބުނީ، މުބާރާތުގައި ބައިވެރި ވުމުގެ ފުރުޞަތު ހުޅުވާލާފައިވާއިރު މިހާތަނަށް މުބާރާތުގައި ބައިވެރިވި ޓީމް ތަކަކުގެ އަދަދަކީ 27 ޓީމް ކަމަށެވެ. އެހެން ނަމަވެސް މިއަދަދު މުޅިން ފައިނަލް ވާނީ މާދަމާ 2:00ގެ ފަހުން ކަމަށް ވެސް ނެޓްބޯޅަ އެސޯސިއޭޝަނުން މައުލޫމަތު ދެއެވެ.
ނެޓްބޯޅަ އެސޯސިއޭޝަނުން ބުނީ، މިއަހަރުގެ މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައި ވަނީ ހަތަރު އުމުރު ފުރައަކަށް ބަހާލައިގެން ކަމަށާއި އެގޮތުން އެއުމުރު ފުރާތަކަކީ 12 އަހަރުން ދަށާއި 14 އަހަރުން ދަށާއި 16 އަހަރުން ދަށުގެ އިތުރުން 19 އަހަރުން ދަށުގެ އުމުރު ފުރާ ކަމަށެވެ. އަދި މިމުބާރާތުގެ ހުރިހާ މެޗެއް ވެސް ކުޅުމަށް ހަމަޖެހިފައި ވަނީ ސޯސަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކަމަށް ވެސް ނެޓް ބޯޅަ އެސޯސިއޭޝަނުން މައުލޫމާތު ދެއެވެ.
މިމުބާރާތުގެ ގުރު ނެގުން ހަމަޖެހިފައި އޮތީ އަންނަ ހޯމަ ދުވަހުގެ ރޭ 9:00ގައި ޒުވާނުންގެ މަރުކަޒުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ