ރައްޔިތުންގެ މަޖުލީސް މިއަހަރަށް ހުޅުވުމަށް މާދަމާ ބާއްވާ ރަސްމިއްޔާތުގެ ސަލާމަތީ ކަންތައްތަކާއި ގުޅިގެން 29 ސަރަހައްދެއް ބަންދު ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ޕޮލިސް ވެބްސައިޓުގައި އާންމުކޮށްފައިވާ ވީޑިޔޯއެއްގައި ފުލުހުންގެ ސްޓޭޝަން އިންސްޕެކްޓަރ އަހުމަދު ވަހީދު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މާދާމާގެ ޖަލްސާއާއި ދިމާކޮށް ބަންދުކުރަން ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖުލީސް ކުރާގެ ހިމެނޭ ސަރަހައްދާއި ސަލާމަތީ ހިދުމަތްދޭ މަރުކަޒުތައް ހިމެނޭ ސަރަހައްދުތަކާއި ގުޅިފައިވާ މަގުތަކާއި ގޯޅިތައް ކަމަށެވެ.
މިސަރަހައްދުތައް ފުލުހުން ބަންދުކުރަން ނިންމީ ފުލުހުންގެ ގާނޫނުގެ 10 ވަނަ މާއްދާގެ ދަށުން ލިބިދީފައިވާ ޤާނޫނީ ބާރުގެ ތެރެއިން ކަމަށް އަޙްމަދު ވިދާޅުވިއެެވެ. އަދި މާދަމާ ދިމާވާ ކަމެއްގެ ސަބަބުން އިތުރު ސަރަހައްދުތައް ބަންދުކުރަން ޖެހިދާނެ ކަމަށްވެސް އަޙްމަދު ވިދާޅުވިއެވެ.
Interview
ގިނަ ސަރަހައްދުތަކެއް މާދަމާ ބަންދުކުރަން ހަމަޖެހިފައިވާއިރު، ރިޔާސީ ބަޔާން އިއްވުމާއި ދެކޮޅަށް މާދަމާ އިހުތިޖާޖު ކުރުމަށް އެމްޑީޕީން މިއަދު ވަނީ ނިންމާފައެވެ. ނަމަވެސް އެކަމުގެ ތަފްސީލްތައް ހާމަކުރާނީ މިރޭގެ ވަގުތެއްގައި ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ.
----
ރިޔާސީ ބަޔާން އިއްވާ ޖަލްސާއަށް 29 ސަރަހައްދެއް ބަންދުކުރަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ