ރައީސް ނަޝީދު ވަގުތީ ސުޕްރީމް ކޯޓެއް އުފެއްދެވުމަށް ނިންމަވައިފި

11:00މިރޭ 12 ޖަހަންވާއިރަށް ސުޕްރީމް ކޯޓް އެކުލަވާލެވިފައި ނުވާތީ ރާއްޖޭގައި ވަގުތީ ސުޕްރީމް ކޯޓެއް އުފައްދަވަން ރައީސުލްޖުމްހޫރިއްޔާ މުހަންމަދު ނަޝީދު ނިންމަވާފައިވާ ކަމަށް ފޮރިން މިނިސްޓަރު ޑރ. އަހުމަދު ޝަހީދު ވިދާޅުވެއްޖެ އެވެ.އޭއެފްޕީ އަށް ދެއްވި އިންޓަވިއުއެއްގައި ޝަހީދު ވިދާޅުވެފައި ވަނީ އިންތިގާލީ މަރުހަލާ ނިމުމުގެ ކުރިން އާ ސުޕްރީމް ކޯޓެއް އުފެއްދުމަށް ރައްޔިތުންގެ މަޖިލީސް ފެއިލިވެފައިވާ ކަމަށާއި އެހެން ކަމާ އެކު ރައީސް އެފަދަ ކޯޓެއް އުފެއްދެވުމަށް ނިންމެވީ ކަމަށެވެ.ވަގުތީ ސުޕްރީމް ކޯޓެއް އުފައްދާ ވާހަކަ ސަރުކާރުން މިބުނީ ސުޕްރީމް ކޯޓުގެ ތަޅުދަނޑި ދޫކުރުމަށް ސިފައިން އިއުތިރާޒު ކުރިތާ މާ ގިނަ އިރުތަކެއް ނުވަނީހެވެ.ބައެއް ގާނޫނީ ވަކީލުން ވިދާޅުވީ މިހާރުގެ ގާނޫނު އަސާސީން ރައީސުލްޖުމްހޫރިއްޔާ އަށް އެ މޭންޑޭޓް ލިބިވަޑައިނުގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ