ހުޅުމާލެއިން ކަރަންޓް ކެނޑުން އާންމުވަނީ
މިދިޔަ ދެ ތިން ދުވަހުން ފެށިގެން ހުޅުމާލެއިން ކަރަންޓް ކެނޑުން އާންމުވަމުން އަންނަ ކަމަށް އެ ރަށުގައި އުޅޭ ބައެއް މީހުން ބުނެފި އެވެ. ހުޅުމާލެއިން ވާހަކަ ދެއްކި މީހަކު މިއަދު ބުނިގޮތުގައި ފުރަތަމަ ކަރަންޓް ކެނޑުނީ މިދިޔަ ބުދަ ދުވަހުގެ ރޭ އަށެއް ޖަހާކަންހާއިރު އެވެ. އެ ރޭ ވެސް ކަރަންޓް ލިބުނީ ގަޑިއެއްހާއިރު ފަހުންނެވެ. އޭގެ ފަހުން ދޭތެދޭތެރެއިން ކޮންމެ ދުވަހަކާއި ރޭގަނޑުގެ އެކި ގަޑިތަކުގައި ހުޅުމާލޭގެ އެކި ހިސާބުތަކުން ކަރަންޓް ކެނޑޭ ކަމަށް އޭނާ ބުންޏެވެ. "މިއަދު މެންދުރު ވެސް ދެ ފަހަރެއްގެ މަތިން މި ފްލެޓުން ކަރަންޓު ހިނގައްޖެ. އެކި ހިސާބުތަކުން އެކި ގަޑިތަކުގައި މިއަދު މެންދުރު ވެސް ކަރަންޓް ދިޔަ. ރޭ ވެސް އެކި ހިސާބުތަކުން ކަރަންޓް ދިޔަ،" ހުޅުމާލޭގައި އެންމެ ފުރަތަމަ އާބާދުވި ސަރަހައްދުގައި ހުންނަ ފްލެޓެއްގައި އުޅޭ މީހަކު ބުންޏެވެ. ހުޅުމާލެއިން ކަރަންޓް ކެނޑުމަށް ފަހު، އަލުން ކަރަންޓް ލިބެން އެވްރެޖްކޮށް ބައިގަޑިއެއްހާއިރު ނަގާ ކަމަށްވެ އެވެ. ހުޅުމާލެއިން ދޭތެރެދޭތެރެއިން ކަރަންޓް ކެނޑޭތީ، އެ ރަށުގައި އުޅޭ މީހުންނަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާއިރު، މި މައްސަލާގައި ސްޓެލްކޯގެ ބަހެއް އަދި ލިބޭ ގޮތެއް ނުވެ އެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ