މެމްބަރު ނާޝިދުގެ ބައްޕަ އަވަހާރަވެއްޖެ

ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެމްބަރު އަހްމަދު ނާޝިދުގެ ބައްޕަ، އަބްދުއްރަހްމާން ދޮން ކަލޭފާން، އުމުރުން 94 އަހަރުގައި މިރޭ އަވަހާރަވެއްޖެ އެވެ. އޭޑީކޭ ހޮސްޕިޓަލްގެ މޭނޭޖިން ޑިރެކްޓަރު އަހްމަދު އަފްއާލް ވިދާޅުވި ގޮތުގައި އަބްދުއްރަހްމާން އަވަހާރަވީ މިރޭ އިރާކޮޅު، ގޭގަ އެވެ. އޭނާ އާލާސްކަންފުޅާ އުޅުއްވާތާ ވަރަށް ގިނަ ދުވަސްވެއްޖެ ކަމަށް ވެސް އަފްއާލް ވިދާޅުވި އެވެ. ރާއްޖޭގެ ފުރަތަމަ އަދި އެންމެ ބޮޑު ޕްރައިވެޓް ހޮސްޕިޓަލް އޭޑީކޭ ހިންގުމާއި އެހެނިހެން ވެސް ވިޔަފާރިތައް ކުރާ އޭޑީކޭ ކުންފުނީގެ ނަން ނިސްބަތް ވަނީ އަބްދުއްރަހްމާން ދޮން ކަލޭފާނަށެވެ. އޭނާ އަވަހާރަވި އިރު ނާޝިދާއި ދެ އަންހެން ބޭފުޅުން ދުނިޔޭގައި އެބަ ތިއްބެވި އެވެ. އަބްދުއްރަހްމާންގެ އަނބިކަނބަލުން ވަނީ މި އަހަރުގެ މޭމަހު އަވަހާރަވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ