ރޮނާލްޑޯއާއި މެސީ އަދި އިނިއެސްޓާ ޔުއެފްއާ އެވޯޑަށް ވާދަކުރަނީ

މިއަހަރުގެ ޔުއެފްއާ ގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިން އިޢުލާން ކޮށްފިއެވެ.
މިއަހަރުގެ އެވޯޑަށް ވާދަކުރާ ތިން ކުޅުންތެރިންނަކީ ރެއާލްމެޑްރިޑްގެ ކްރިސްޓިއާނޯ ރޮނާލްޑޯއާއި، ބާސެލޯނާގެ ދެ ކުޅުންތެރިންކަމަށްވާ މެސީއާއި އިނިއެސްޓާއެވެ. އިނިއެސްޓާ ވަނީ މިއަހަރު އޮތް ޔޫރޯ ފުޓްބޯޅަ މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފައެވެ.
ޔޫރަޕުގެ ގައުމުތަކުން ހޮވާލެވޭ 53 ކުޅިވަރު މަޖައްލާއިން ވޯޓް ދީގެން ތިންވަނަ ދެވަނަ އަދި އެއްވަނަ ކުޅުންތެރިޔާ ހޮވާ މި އެވޯޑް ދިނުން އޮންނާއި މި މަހުގެ 31 ވަނަ ދުވަހުއެވެ.
މި އެވޯޑްގެ ހަތަރު ވަނަ ލިބިފައިވަނީ ޔުއެންޓަސްގެ އަންޑްރޭ އަށެވެ. ފަސްވަނަ ލިބިފައިވަނީ ބާސެލޯނާގެ ޒަވީ ހެނާންޑޭޒް އަށެވެ. ޔޫރަޕްގައި ކުޅޭ ދުނިޔޭގެ ކޮންމެ ގައުމެއްގެ ކުޅުންތެރިއަކަށްވެސް ވާދަކުރެވޭ މި އެވޯޑް ތަޢާރަފްކުރީ މިދިޔަ އަހަރު އެވެ. ރޮނާލްޑޯއާއި، އާއި ޒަވީ ހެނާންޑޭޒް އާއި ވާދަކުރުމަށްފަހު މިދިޔަ އަހަރުގެ އެވޯޑް ކާމިޔާބު ކުރީ ބާސެލޯނާގެ ލިއޮނަލް މެސީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ