އިސްލާމީ މަރުކަޒުން ކަރަންޓު ވައިރުތަކެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފި

އިސްލާމީ މަރުކަޒު ގޯތި ތެރޭގައި އަޅާފައި ހުރި ކަރަންޓަ ވައިރުތަކެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފިއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އިސްލާމީ މަރުކަޒު ގޯތިތެރޭގައި އަޅާފައި ހުރި ކަރަންޓު ވައިރުތަކެއް ބުރިކޮށްގެން ވަގަށް ނަގަން އުޅުނު ދިވެއްސަކު ހައްޔަރުކޮށްފައިވަނީ އޭނާ އެއަމަލު ހިންގަމުންދަނިކޮށް މިއަދު މެންދުރުފަހު 14:45 އެހާކަށްހާއިރުއެވެ.
އިސްލާމީ މަރުކަޒުން ކަރަންޓް ވައިރުތަކެއް ވަގަށް ނަގަން އުޅުނު މީހަކު ހައްޔަރުކޮށްފައިވާ ކަން ފުލުހުން ކަށަވަރުކޮށްދެއެވެ. ނަމަވެސް އެމީހާއާއި ބެހޭ އެއްވެސް ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
ސީއެންއެމަށް މައުލޫމާތު ލިބިފގައިވާ ގޮތުގައި އެމީހާ ހައްޔަރުކޮށްފައިވަނީ އާއްމުންގެ މީހަކަށް އެމަންޒަރު ފެނިގެން ފުލުހުންނަށް ރިޕޯޓު ކުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ