ސިޓީކައުންސިލަށް ހައުސިން މިނިސްޓްރީގެ ކިބައިން ސަލާމަތްނުވެވިފައި

ރައީސް މުހައްމަދު ނަޝީދުގެ ވެރިކަން ވެއްޓުމާއެކު ކަހަލަގޮތަކަށް މާލޭ ސިޓީކައުންސިލާއި އާ ސަރުކާރުގެ ހައުސިން މިނިސްޓްރީއާ ދެމެދު މައްސަލަތައް އުފެދި ބަހުގެ ހަމަލަތައް ދޭން ފެށި އެވެ. އެއް ބަޔަކު އަނެއް ބަޔަކަށް ތަފާތު ތުހުމަތުތައް ކުރަން ފެށި އެވެ.
ލާމަރުކަޒީ އުސޫލުން ގައުމު ހިންގަން ފެށުމާއެކު ސިޓީ ކައުންސިލަށް ބާރުތަކެއް ލިބިގެންދިޔައީ ލާމަރުކަޒީ ގާނޫނުގެ އިމުގެ ތެރެއިންނެވެ. އޭރު މާލެ މުނިސިޕަލްޓީން ކުރަމުންދިޔަ މަސައްކަތްތަކާއި އެތަނުން ބަލަހައްޓަމުންދިޔަ ތަންތަން ސިޓީ ކައުންސިލުގެ ދަށަށް ދިޔަ އެވެ. އަދި އޭގެ އިތުރުން ވެސް ބައެއް ބިންތަކާއި ތަންތަން ރައީސް ނަޝީދުގެ ސަރުކާރުން ސިޓީ ކައުންސިލާ ހަވާލުކުރީ ލާމަރުކަޒީ ގާނޫނަށް އަމަލުކުރުމަށްޓަކަ އެވެ.
އެހުރިހާކަމެއް ހިނގާނިމިފައިވަނިކޮށް، ފެބްރުއަރީ ހަތެއްގައި ރައީސް ނަޝީދުގެ ވެރިކަން ވެއްޓި އާ ރައީސްއަކު ގައުމާ ހަވާލުވެވަޑައިގެންނެވި އެވެ. އެހިސާބުން ސިޓީ ކައުންސިލާއި އާ ސަރުކާރުގެ ހައުސިން މިިިނިސްޓްރީއާ ދެމެދު މައްސަލަތައް އުފެދުނެވެ.
ވެރިކަން ވައްޓާލީ ބަޣާވާތްކޮށްގެންކަމަށް ބުނެ އެމްޑީޕީން ހިންގަން ފެށީ ހަރަކާތްތައް ރާޅުގަނޑު ސަރަހައްދުގައި ހިންގަން ފެށުމާއެކު ހައުސިން މިނިސްޓްރީން ވަނީ އެކަން ހުއްޓާލައި ރާޅުގަނޑު ސަރަހައްދު ހައުސިން މިނިސްޓްރީއާ ހަވާލުކުރުމަށް އަންގާފަ އެވެ. އެހިސާބުން ދެ މުއައްސަސާގެ ކޯޅުން ފެށިގެންދިޔަ އެވެ.
ފަހަރަކު މައްސަލައެއް ފެންމަތިކުރަމުން ގޮސް ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ބިންތަކާއި ތަންތަން ނެގުމަށް ސަރުކާރުން ނިންމި އެވެ. އަދި އެއަށް ފަހު އެތަންތަން ހައުސިން މިނިސްޓްރީއާ ހަވާލުކުރަން އެނގި އެވެ.
ސިޓީ ކައުންސިލާ ހަވާލުކޮށްފައިވާ ތަންތަންބޭނުންކުރަނީ ގާނޫނާއިގަވާއިދާ ހިލާފަށް ކަމަށް ހައުސިން މިނިސްޓްރިން ތަކުރާރުކޮށްބުނަމުންދާދިއުން ސިޓީ ކައުންސިލުން ދޮގުކުމުންދަނިކޮށް ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އަނެއްކާ ވެސް ހައުސިން މިނިސްޓަރ ޑރ. މުހައްމަދު މުއިއްޒު ވަނީ އާ މައްސަލައެއްގެ ތުހުމަތުގެ އިނގިލި ސިޓީކައުންސިލަށް ދިއްކުރައްވާފަ އެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ މާލޭ ސިޓީ ކައުންސިލަށް ޕާކު ހަދަން ހަވާލުކުރެވުނު ބިންތައް މިހާރު ބޭނުންކުރަމުންދަނީ ގާނޫނާއި ގަވާއިދާ ހިލާފަށް ކަމަށެވެ.
" ތަންތާގައި މިހާރު ކެފޭ ފަދަ ތަންތަން ހަދަނީ ޤަވާއިދާއި ޤާނޫނުތަކާ ހިލާފަށް. އެ ބިންތަކުގައި ކެފޭ ހަދަނީ ސިޓީކައުންސިލުން ހުއްދަދީގެން. އެކަމަކީ ސިޓީކައުންސިލަށް ކުރެވޭނެކަމެއް ނޫން. އެ މައްސަލައިގައި ސިޓީކައުންސިލާއެކު ވަނީ ވާހަކަ ދައްކާފައި. ނަމަވެސް ހައްލެއް ނުލިބޭ،" މިނިސްޓަރ ވިދާޅުވި އެވެ.
ހައުސިން މިނިސްޓްރީން ސިޓީ ކައުންސިލަށް ދީފައިވާ ބިންތައް ޤާނޫނާއި ހިލާފަށް ބޭނުން ކުރަމުން އަންނަކަމަށާއި އެކަމަށް ސިޓީކައުންސިލުން އެއްބަސްވެފައިވާކަމަށް އަދާލަތު ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ހައުސިން މިނިސްޓަރ ޑރ. މުހަންމަދު މުއިޒް ވިދާޅުވެއްޖެ އެވެ.
މިފަދަ ޕާކްތައް ތަރައްގީ ކުރަމުން އަންނަ ބިންތައް ހައުސިން އަށް ނަގާނެ ކަމަށާއި ނަމަވެސް މިވަގުތު ނުނަގާ ހުރީ އިނވެސްޓަރުންނަށް ގެއްލުންވާނޭތީކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިނިސްޓަރ ވިދާޅުވީ މިފަދަ ތަނެއް ނަގަން ޖެހޭ ހިސާބަށް ހިނގައްޖެ ނަމަ ނަގާނެކަމަށާއި ނަމަވެސް އެތަންތަނުގައި އިންވެސްޓްކޮށްފައިވާ ފަރާތްތަކަށް ލިބޭ މާލީ ގެއްލުމުގެ ޒިންމާ ސަރުކާރުން ނަގަން ނުޖެހެނެ ކަމަށެވެ.
ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ ވިދާޅުވީ ކުރިއަށް އޮތް ތާގައި ޤާނޫނާއި ހިލާފު ގޮތްތަކަށް ސިޓީ ކައުންސިލުން އަމަލު ކުރަމުންދާ ނަމަ އިތުރު ބިންތައް ކައުންސިލާ ހަވާލުނުކުރާނެކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ