އިލެކްޝަންސް ކޮމިޝަންގައި މިހާރު ތިއްބެވި މެމްބަރުންނާއެކު މިނިވަން އިންސާފުވެރި އިންތިހާބަކުން ރައީސުލް ޖުމްހޫރިއްޔާއަކު އިންތިހާބު ކުރެވިދާނެކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ޖުމުހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ މިއަދު ހަވީރު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ގާސިމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ އަމަލުތައް ހުރި ގޮތުން ދޭހަވަނީ އެ ބޭފުޅުން އިންތިހާބެއް ބާއްވަން ބޭނުންފުޅު ނުވާކަން ކަމަށާއި، ބަދަލުގައި ރައީސަކު ޢައްޔަން ކުރަންވަން ކަމަށެވެ. އަދި ވޯޓާސް ރެޖިސްޓްރޭޝަންގައި މައްސަލަތައް ހުރުމަކީ އިންތިހާބުގެ ނަތީޖާއަށް އަސަރުފޯރާނެ ކަމެއް ކަމުގައި ފާހަގަކުރައްވައި ރީ ރެޖިސްޓްރޭޝަންގެ ކަންކަން އިލެކްޝަންސް ކޮމިޝަނުން ކުރިޔަށް ގެންދާގޮތަށް ވެސް ގާސިމް މިއަދު ވަނީ ފާޑު ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވީ ރީރެޖިސްޓްރޭޝަނާއި ފިންގަ ޕްރިންޓް ޖެހުމުގެ ކަންކަމުގައި ވަކި އުސޫލެއް ކަނޑަނާޅައި ފޯމުތައް ބަލައިގަންފައިވާ ކަމަށެވެ.
އިލެކްޝަންސް ކޮމިޝަނުން ބޭނުންވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބުދު ﷲ ޝާހިދާއި ވެރިކަން ހަވާލުކުރަން ކަމަށާއި ކޮމިޝަނުން މަސައްކަތް ކުރަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އޯޑަރަށް ކަމަށް ވެސް ގާސިމް ތުހުމަތު ކުރެއްވި އެވެ.
ޖުމުހޫރީ ގުޅުމުންވެސް އެނދެނީ ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކު އިސްތިއުފާ ނުދެއްވުމަށް ކަމަށް އިޝާރާތް ކުރައްވާ ގާސިމް ވިދާޅުވީ ގައުމަށް އެންމެ ހަމަޖެހުން ބޮޑު ގޮތަކީވެސް ރައީސަކު އިންތިހާބުކުރެވި ހުވާ ކުރައްވަންދެން ރައީސް ވަހީދު ވެރިކަމުގައި ހުންނެވުން ކަމަށާއި އެކަމަށް އެދިވަދައިގަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އިތުރަށް ވިދާޅުވީ މިއަދު ރާއްޖޭގެ ޙާލަތު އޮތްގޮތުން ކުރިމަތިވެފައިވަނީ މީގެ 25 އަހަރު ކުރިން އައި ނޮވެމްބަރު 3 ފަދަ ދުވަހެއް ކަމަށާއި ތަފާތަކީ އެދުވަހު ހަތިޔާރުން ހަނގުރާމަކޮށްފައިވުން ކަމަށެވެ.
އީސީގައި މިހާރު ތިއްބެވި މެންބަރުންނާއެކު މިނިވަން އިންތިހާބެއް ނުބޭއްވޭނެ: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ