ވެރިކަމުގެ ފުރަތަމަ 30 ދުވަހުގެ ތެރޭގައި ރިޔާސީ ކޮމިޝަނެއް ނުއުފައްދާންނަ: ޔާމީން

މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެނަމަ ވެރިކަމުގެ ފުރަތަމަ ތިރީސް ދުވަހުގެ ތެރޭގައި ރިޔާސީ ކޮމިޝަނެއް ނުއުފައްދަވާނެކަމަށް ޕީޕީއެމްގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ޔާމީންގެ ޔަޤީން ޓީމުންރޭ ބޭއްވި ޖަލްސާގައި ޔާމީން ވިދާޅުވީ ވެރިކަމަށް އާދެވިއްޔެނަމަ ވެރިކަމުގެ ފުރަތަމަ ތިރީސް ދުވަހުގެ ތެރޭގައި ރިޔާސީ ކޮމިޝަނެއް ނުއުފައްދާނެކަމުގެ ޔަޤީންކަން ރައްޔިތުނަނަށް ދެއްވާ ކަމުގައެވެ.
ޔާމީން ވިދާޅުވީ އެއްވެސް ފަރާތަކާއި އެއްވެސް ވަރެއްގެ ޒާތީ މައްސަލައެއް ނޯންނާނެކަމަށާއި ބަދަލު ހިފުމުގެ ރޫހެއް ނުގެންގުޅުއްވާނެކަމަށެވެ. އަދި ބޭނުންފުޅުވަނީ ދިވެހިރާއްޖެއަށް މިހާރު ޖެހިފައިވާ ގިލަންވެރިކަމުން ސަލާމަތް ވުމަށްކަމަށްވެސް ޔާމީން ވިދާޅުވިއެވެ.
ޔާމީން ރޭވަނީ އެމްޑީޕީގައި ތިބި ޕީޕީއެމްއާއިއެކު މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް އެފުރުސަތު އޮތްކަމަށްވެސް ވިދާޅުވެފައެވެ. ޔާމީން ވިދާޅުވީ އެމްޑީޕީގަވެސް ކަންކަން އެނގޭ ތަންދޮރުދަންނަ މީހުން އެބަތިބިކަމަށާއި ދިވެހިރާއްޖެ ކުރިއަށް ގެންދިއުމަށްޓަކައި ރަނގަޅުބަޔަކާއިއެކު ބައި އަތުހިފަން ކެރޭ މީހުން އެބަތިބި އެމްޑީޕީގައި އެބަތިބިކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ