ރައީސް މައުމޫން ޖަބިރަށް ދެއްވި ގެއްލުންވެސް ބައްލަވައިދެއްވާ: ދިޔާނާ

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދިން ގެއްލުންވެސް ބައްލަވައި ދެއްވުމަށް ޖާބިރުގެ އަނބިކަނބަލުން އަދި ކުރީގެ ބަންޑާރަ ނައިބް ދިޔާނާ ސައީދު ފުލުހުންނށް ގޮވާލައްވައިފިއެވެ.
މައުމޫންގެ ގެކޮޅު ކަމަށްވާ ކިނބިގަސްދޮށުގެއަށް ޖާބިރު ގެއްލުން ދެއްވި މައްސަލަ ބަލަމުންދާ ކަމަށް ފުލުހުން ބުނުމާ ގުޅިގެން ދިޔާނާ ކުރެއްވި ޓްވިޓެއްގައި ވިދާޅުވީ، ރައީސް މައުމޫން ޖާބިރަށް ދިން ގެލުންވެސް ބަލައިދޭންވާނެ ކަމަށްށެވެ.
ރައީސް މައުމޫން، ޖާބިރަށް ދިން ގެއްލުން ކަމަށް ދިޔާނާ ސިފަކުރައްވާފައި ވަނީ އަނބުރާ ދައްކާގޮތަށް ރައީސް މައުމޫން ޖާބިރުއަތުން ނެންގެވި ކަމަށްބުނާ 29 މިލިއަން ރުފިޔާއެވެ.
ދިޔާނާ ވިދާޅުވީ ރައީސް މައުމޫން ޖަބީރު އަތުން ނެންގެވި ފައިސާ އަނބުރާ ނުދެއްކެވި މައްސަލަ ފުލުހަށް ހުށަހަޅާފައި އޮންނަތާ އެތައް ދުވަހެއް ވެއްޖެ ކަމަށާއި ރައީސް މައުމޫނަށް ލިބޭ ގެއްލުން ބެލިފައި ރައީސް މައުމޫން އެހެން މީހުނަށްދޭ ބޮޑެތި ގެއްލުން ނުބެލޭގޮތަށް އޮތުމަކީ ގޯހެއް ކަމަށެވެ.
ޖާބިރު އަތުން ރައީސް މައުމޫން ފައިސާ ނެންގެވީ ކުއަލަމްޕޫރުގައި ދިޔާނާގެވެސް ހާޒިރުގައި ކަމަށް ޖާބިރު ވަނީ ވިދާޅުވެފައެވެ.
އެމައްސަލަ އެންމެ ފަހުން ފުލުހުންނަށް ހުށަހެޅުއްވީވެސް ދިޔާނާއެވެ.
ރައީސް މައުމޫން ގެންދަވަނީ ޖާބިރުގެ އަތުން ފައިސާ ނެންގެވި ކަމަށް ބުނާ ވާހަކަ ދޮގުކުރައްވަމުންނެވެ.
ޖާބިރު ވަނީ މައުމޫންގެ އަމިއްލަފުޅު ގޯތި، މއ. ކިނބިގަސްދޮށުގޭގެ ދޮރާށި މަތީގައި އޮތް ވެޔޮގަނޑަކަށް ދަމައި ގެއްލުން ދެއްވައިފައެވެ. އެ ކަން ޖާބިރ ކުރައްވާފައިވަނީ މީޑިއާއެއްވެސް ގެނެސްގެން ވީޑިއޯ ކޮށްގެންނެވެ.
މިކަމާ ގުޅިގެން ގިނަ ބަޔެއްގެ ފާޑުކިޔުން ވަނީ ޖަބީރަށް އަމާޒުވެފައެވެ. އަދި އެމައްސަލަ ބެލުމަށް އެތައްބަޔަކު ގެންދަނީ ފުލުހުންނަށް ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ