ކީރިތި ރަސޫލާގެ އީދުމީލާދު ފާހަގަ ކުރުމަކީ ބިދުއަ އެއް ނޫންކަމާއި އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ކުރީގެ ރައީސް އަދި ދީނި އިލްމުވެރިޔާ މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫންގެ ރައީސް ކަމުގައި ކޮންމެ އަހަރެއްގެ ރަބީއުލް އައްވަލު މަހުގެ 12ވަނަ ދުވަހަކީ ކީރިތި ރަސޫލާގެ އީދު މީލާދު ފާހަގަކުރާ ދުވަހެވެ.
ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވަނީ ވަރަށް ތަފްސީލުކޮށް މި މައުޟޫއަށް އަލި އަޅުއްވާލައްވާފައެވެ. އެމަނިކުފާނު ވިދާޅުވީ، ރަސޫލާގެ އީދު މީލާދު ފާހަގަކުރުމަކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ބިދުއަ އެއް ނޫން ކަމަށާއި ރަސޫލާގެ އީދު މީލާދު ފާހަަގަކުރުމަކީ ހަރާމް ކަމެއް ނުވަތަ މަކްރޫޙަ ކަމެއްވެސް ނޫން ކަމަށެވެ. އަދި ވިދާޅުވީ ޒަމާނުއްސުރެ ރަސޫލާގެ އީދު މީލާދު ޒިކުރާ އާކުރުމުގެ ގޮތުން ރާއްޖޭގައި ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަސް ފާހަގަކުރަމުން އަންނަ ކަމަށެވެ.
“އެ މުނާސަބަތުގައި ރަސްމީ ޖަލްސާތައް ބާއްވައި އެޖަލްސާތަކުގައި ގައުމުގެ އެންމެ މަތީވެރިޔާ ބައިވެރިވެވަޑައިގެންފަައި ވެއެެވެ. މިހެން މިކަން އޮތް ނަމަވެސް ފަހަކަށް އައިސް މި މަތިވެރި މުނާސަބާތުގައި ރަސްމީ ޖަލްސާ އެއް ނުބާއްވައެވެ. އެއީ ކީއްވެ ކަމެއް ރަސްމީ ފަރާތަކުން ވިދާޅުވެފައެއް ނެތެވެ.” ރައީސް މައުމޫން ފާހަގަ ކުރެއްވި އެވެ.
ކީރިތި ރަސޫލާގެ ޢީދުމީލާދު ފާހަގަ ކުރުމަކީ ބިދުޢައެއް ނޫން. އެއީ ކުރަން ޖެހޭ ކަމެއް. މިލިއުން ބައްލަވާ ލައްވާ! pic.twitter.com/8r5jN4M7PD
— Maumoon Abdul Gayoom (@maumoonagayoom) October 18, 2021
މައުމޫން އިތުރަށް ވިދާޅުވީ މިހާރު ވެސް ވަރަށް މަދު އިސްލާމީ ގައުމެއް ފިޔަވައި ގިނަ ގައުމުތަކުގައި އީދު މީލާދު ފާހަގަކުރަމުންދާ ކަމަށެވެ. މީގެ އިތުރުން ރާއްޖޭގައި ރަސޫލާގެ އީދު މީލާދު ރަސްމީކޮށް ފާހަގަ ނުކުރަނީ މާތް ނަބިއްޔާއާއި އެކަލޭގެފާނުގެ އަސްހާބު ބޭކަލުންނާއި ތާބިއީ ބޭކަލުން އެދުވަސް ފާހަގަކުރައްވާފައިނުވާތީ އެއީ ބިދުއައެއް ކަމަށް ބައެއް ފަރާތްތަކުން ބުނަމުންދާތީ ކަމަށް މައުމޫން ވިދާޅުވިއެވެ. އެކަމަކު އެއީ ދީނީ ނަޒަރަކުން ބަލާއިރު އެއީ މާ ބުރަދަނެއް ހުރި ވާހަކައެއް ނޫން ކަމަށް ވިދާޅުވެ އިސްލާމްދީނުގައި ހަރާމް ކުރައްވާފައިނުވާ ކޮންމެ ކަމަކީ ހުއްދަ ކަމެއް ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ. ކީރިތި ގުރުއާނުން ދަލީލު ދައްކަވަމުން މައުމޫން ވިދާޅުވީ ބިދުއަ އަކީ ދީނުގައި ކުރިން އައިސްފައިނުވާ ކަމެއް އަލަށް އުފެއްދުން ކަމަށެެވެ.
“މިސާލަކަށް ފަރުޟު ފަސް ނަމާދުގެ ތެރެއަށް ފަރުޟު ނަމާދެއް އިތުރުކުރުން ވާނީ ބިދުއަކަށެެވެ. ޢެހެން ނަމަވެސް ކުރިން ކުރެވިފައިނުވާ ކަމެއް އެކަމުގައި އެކުލެވިގެންވާ ފައިދާއަށްޓަކައި ދީނީ އުސޫލުތަކާއި ޚިލާފުނުވާ ގޮތުގެ މަތިން ކުރުމަކީ ބިދުއައެއް ނޫނެވެެ. އެކަންވާނީ ހުއްދަ ކަމަކަށެވެ.” ރައީސް މައުމޫން ލިޔުއްވާފައިވެއެވެ.
ރައީސް މައުމޫން ވިދާޅުވީ ބިދުއަ ކަމުގައި ބަލަންޖެހޭނީ ޝަރުއީ އުސޫލުތަކާއި ޚިލާފަށް އަލަށް އުފައްދާ ކަންކަމަށެވެ. އަދި އެކަމަކީ ކުރިން ކުރެވިފައިވާ ކަމަކަށް ނުވިއަސް އެކަމަކީ ޝަރުއީ ހުކުމްތަކަށް ފުށު ނާރާ ގޮތަށް މުޖުތަމައަށް މަންފާ ކުރަނިވި ކަމެއް ކަމުގައިވާނަމަ އެކަމެއް ބިދުއަ އަކަށް ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރާއްޖޭގައި ރަސޫލާގެ އީދު މީލާދު ފާހަގަކުރުމުގެ ގޮތުން ކޮންމެ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ 12 ވަނަ ދުވަހަކީ ސަރުކާރުގެ ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ވަނީ ހަމަޖަައްސާފައެވެ. އަދި އެދުވަހާއި ގުޅޭގޮތުން ރައީސުލްޖުމުހޫރިއްޔާ ޚިތާބު ދެއްވައި ރަސްމީ ޖަލްސާ ވެސް ބާއްވައެވެ.
ކީރިތި ރަސޫލާގެ އީދު މިލާދު ފާހަގަކުރުމަކީ ބިދުއައެއް ނޫން. އެއީ ކުރަން ޖެހޭ ކަމެއް- މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ