ރައީސުލްޖުމްހޫރިއްޔާ މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު މިއަދު ހަވީރު ނޫސްވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާކަމަށް ރައީސް އޮފީހުން ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ނޫސްވެރިންނާއި ބައްދަލުކުރެއްވުން އޮންނާނީ މިއަދު ހަވީރު 4:00 ޖަހާއިރު ރައީސް އޮފީހުގައިކަމަށެވެ. މަބްރޫކް ވިދާޅުވީ ރައީސްގެ ނޫސްވެރިންގެ ބައްދަލުވުން ޓީވީ ޗެނަލްތަކުން ވަގުތުން ދުރައްދައްކާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ނޫސްވެރިންނާއި ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު، އެމަނިކުފާނު ވަނީ މިދިޔަ ޖޫންމަހުގެ 29 ވަނަ ދުވަހުވެސް ނޫސްވެރިންނާއި ބައްދަލުކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ