ބާރަށު ދާއިރާގެ ހަތަރު ރަށަކުން ޕީޕީއެމްއާ އަލަށް 325 މެމްބަރުން ގުޅިއްޖެ

ބާރަށު ދާއިރާގެ ހަތަރު ރަށަކުން ޕީޕީއެމްއާއި އަލަށް 325 މެމްބަރުން ގުޅިއްޖެއެވެ. ޕީޕީޕއެމް އޮފީހުގައި މިރޭ ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ޕީޕީއެމްއާ އަލަސް ގުޅުނު މި މެންބަރުންގެ މެންބަރޝިޕް ފޯމާއި ހަވާލުވެވަޑައިގެންފައިވަނީ އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ. ޕީޕީއެމުން ބުނީ ޕާޓީއަށް މެމްބަރުން އިތުރު ކުރުމުގެ މަސައްކަތް އަތޮޅުތެރޭގެ ރަށްރަށުގައި ކުރިއަށް އެބަދާ ކަމަށެވެ. ނަމަވެސް މިވަގުތު އެންމެބޮޑު އިސްކަމެއް ދެނީ ޕީޕީއެމް/ޕީއެންސީން ފަށާފައިވާ "މިނިވަންކަމުގެ ދިފާއުގައި ދިވެހިން" ކެމްޕެއިންގެ ތެރެއިން ކުރިއަށް ގެންދާ އިންޑިއާ މިލިޓަރީ އައުޓް ޕެޓިޝަންގައި ސޮއި ކުރުވުމުގެ މަސައްކަތް ކަމަށެވެ. އެ ޕާޓީން ބުނީ އިންޑިއާ އައުޓް ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް ކުރިއަށް ގެންދާއިރު، ވަރަށް ގިނަ ރައްޔިތުންގެ ތާއީދު އެކަމަށް ލިބެމުން އަންނަ ކަމަށެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭރު ކުރުމަށް ގޮވާލާ، "އިންޑިއާ މިލިޓްރީ އައުޓް" އަދި މިނިވަންކަމުގެ ދިފާއުގައި ދިވެހިންގެ ނަމުގައި ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އަންނަނީ ހާއްސަ ކެމްޕެއިނެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ