މެމްބަރު އުޝާމަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަދީފި

ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމަށް ދީފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ބުނެފައިވަނީ "މޯލްޑިވްސް ނޭޝަނަލް ޕާޓީ"ގެ ނަމުގައި ސިޔާސީ ޕާޓީއެއް އުފެއްދުމަށް މަސައްކަތް ކުރުމުގެ ހުއްދަ ވ.ވަސްމީރުފިޔަ އަޙްމަދު އުޝާމަށް ދިނުމަށް ކޮމިޝަނުން މިއަދު ނިންމާފައިވާކަމަށެވެ.
ޕާޓީ އުފެއްދުމުގެ ހުއްދަ ދެއްވުމުން މެމްބަރު އުޝާމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިޕާޓީއަކީ މަޖިލީހުގެ 5 މެމްބަރަކު އިސްނަގައިގެން އުފެއްދުމަށް މަސައްކަތް ކުރާ ޕާޓީއެއްކަމަށެވެ. އެޕާޓީގައި ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމްއާއި، ނޮޅިވަރަމް ދާއިރާގެ މެމްބަރު މުހައްމަދު ނަޝީދުއާއި، ނިލަންދޫ ދާއިރާގެ މެމްބަރު އަބްދުލް މުހުސިން ހަމީދުގެ އިތުރުން ތިމަފަރުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ހިމެނި ވަޑައިގަންނަވާކަމަށެވެ. އަދި އުންމީދު ކުރައްވަނީ ލަސްތަކެއްނުވެ ޕާޓީ ރަޖިސްޓްރީ ކުރުންކަމަށް އޭނާ ވިދާޅުވިއެވެ.
މަޖިލީހުގައި ހިމެނޭ މެމްބަރުންގެ ބައިވެރިވުމާއިއެކު ސިޔާސީ ޕާޓީއެއް ހެދުގެ މަސައްކަތް އުޝާމް ކުރައްވަމުންދާއިރު، ކުރީގެ ހޯމް މިިނިސްޓަރ އަބްދުﷲ ކަމާލުއްދީން ވެސް ގެންދަވަނީ ޕާޓީއެއް އުފެއްދެވުމަށް މަސައްކަތް ކުރައްވަމުންނެވެ. ނަމަވެސް އެހެން ޕާޓީއެއްގެ ރަޖިސްޓްރީގައި އޮތުމުން ކަމާލުއްދީނަށް ޕާޓީ އުފެއްދުމުގެ ހުއްދަ ދީފައިނުވެއެވެ.
އިތުރު ސިޔާސީ ޕާޓީތަކެއް އުފެއްދުމުގެ މަސައްކަތް ފަށާފައިވާއިރު، ރާއްޖޭގައި މިހާރުވެސް 10 ސިޔާސީ ޕާޓީ އެބައޮތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ