އެޓޮލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓުގެ ތަހުގީގަށް އަބްދުﷲ ހަމީދު ރައްދު ދެއްވުން: "އަޅުގަނޑުގެ އެއްވެސް ހިޔާނާތެއް، ވައްކަމެއް ނޯންނ

ކުރީގެ އެޓޮލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގެ ތަހުގީގުގައި، އެ މިނިސްޓްރީގެ ކުރީގެ މިނިސްޓަރު އަބްދުﷲ ހަމީދަށް ފުލުހުން ކޮށްފައިވާ ތުހުމަތުތައް ދޮގުކުރައްވައި، އަބްދުﷲ ހަމީދު އިއްޔެ ނޫސް ބަޔާނެއް ނެރުއްވައިފި އެވެ.
"އަޅުގަނޑު [ނަމާއި އެޑްރެސް ޖަހާފައި] ދިވެހި ސަރުކާރުގެ ހިދުމަތުގައި ހޭދަކުރި ދިގު މުއްދަތުގެ ތެރޭގައި އަޅުގަނޑު މަސްއޫލުވާ ގޮތަށް ހުރެގެން ހިދުމަތްކުރި އެއްވެސް މަގާމެއްގައި ހިޔާނާތާއި ވައްކަމާއި އިހުމާލާ މިފަދަ އެއްވެސް ނަމަކަށް ނިސްބަތްވާ ކަމެއް ކޮށްފައި ނުވާނެކަން މާތްﷲ އަށް ތެދުވެރިވެ ހުރެ މި ހާމަކުރަނީ ސާބިތުކަމާ އެކު ކެރިގެންނެވެ،" އަބްދުﷲ ހަމީދުގެ ދަރިކަލުން އަދި މަޝްހޫރު ގާނޫނީ ވަކީލު ޝާހީން ހަމީދު ގާނޫނީ ވަކީލެއްގެ ގޮތުގައި ސޮއި ކުރައްވައި ނެރުއްވި ބަޔާނުގައި ވެ އެވެ. "މިއަދުގެ [އިއްޔެގެ] ހަވީރުގެ ވަގުތެއްގައި ދިވެހި ފުލުހުންގެ ފަރާތުން ދިން ނޫސް ކޮންފަރެންސެއްގައި އަޅުގަނޑާ ބެހޭ ގޮތުން އެފަރާތުން ދެއްކި ވާހަކަތަކަކީ ހަގީގަތެއް ނެތް ކަނޑައެޅިގެން ދޮގު ވާހަކަތަކެކެވެ."
މި ނޫސް ބަޔާނުގައި އިތުރަށް ބުނެފައި ވަނީ "އެކަމާ އަޅުގަނޑު ނުރުހުން ފާޅުކޮށް ދެކޮޅު ހަދާ ކުށްވެރި ކުރާ" ކަމަށާއި "މައުސޫމް މީހުންގެ އަބުރާ ބެހުމަކީ އެއްވެސް ހާލެއްގައި ކުޑަކަމެއް ނޫން" ކަމަށެވެ.
"މީޑިއާ މެދުވެރިކޮށް މީހުންގެ މައްޗަށް ކުށް ސާބިތު ކުރާ އުސޫލެއް އޮންނަ ކަމަކަށް ަޅުގަނޑު ގަބޫލެއް ނުކުރަމެވެ. މިއަދު [އިއްޔެ] ފުލުހުންގެ ނޫސް ކޮންފަރެންސްގައި އަޅުގަނޑާ މެދު ތުހުމަތު ކުރައްވާފައިވާ މައްސަލަ ޝަރީއަތަށް ހުށަހަޅުއްވައިފި ނަމަ، މީގެ ކުރިން ވެސް ފުލުހުންގެ ނޫސް ކޮންފަރެންސްގައި އަޅުގަނޑާ މެދު ތުހުމަތުކުރައްވާފައިވާ މައްސަލަ ޝަރީއަތަށް ހުށަހަޅުއްވައިފި ނަމަ، މީގެ ކުރިން ވެސް ފުލުހުންގެ އިދާރާގައި ދަންނަވާފައިވާނޭ ފަދައިން، ޝަރީއަތުގައި ޖަވާބުދާރީވާން ތައްޔާރަށް ހުރި ވާހަކަ ދެންނެވީމެވެ،" ނޫސް ބަޔާނުގައި ވެ އެވެ.
އެޓޮލްސް މިނިސްޓްރީގެ އޮޑިޓް ރިޕޯޓްގެ ތަހުގީގުގައި، އަބްދުﷲ ހަމީދުގެ މައްޗަށާއި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް އަދި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ބ. އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމްގެ މައްޗަށް ކުށް ސާބިތުވާ ވަރަށް ހެކި ހުރި ކަމަށް ފުލުހުން އިއްޔެ ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ