މާލެއިން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑިގެންދާނެ - ސްޓެލްކޯ

ކަރަންޓުގެ ޚިދުމަތް ދެމުންދާ ދެ ޖަނަރޭޓަރަކަށް ދިމާވި ކުއްލި މައްސަލައަކާއި ގުޅިގެން އެމައްސަލަ ހައްލުވަންދެން މާލޭގެ އެކި ހިސާބުން ދޭތެރެ ދޭތެރެއިން ކަރަންޓުގެ ހިދުމަތް މެދުކެނޑިގެން ދާނެ ކަމަށް ސްޓެލްކޯއިން ބުނެފި އެވެ.
ސްޓެލްކޯގެ އޮފިޝަލަކު ވިދާޅުވީ މާލެއަށް ކަރަންޓުގެ ޚިދުމަތް ދެމުންދާ ދެ ޖަނަރޭޓަރަކަށް ދިމާވި ކުއްލި މައްސަލައަކާއި ގުޅިގެން އެމައްސަލަ ހައްލުވަންދެން މާލޭގެ އެކި ހިސާބުން ދޭތެރެ ދޭތެރެއިން އެއް ގަޑި އިރަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑިގެންދާނެކަމަށެވެ.
ސްޓެލްކޯ ފޯތު ޕަވަރ ޕްރޮޖެކްޓުގެ ޖަނަރޭޓަރަކަށް ދިމާވި މައްސަލައެއްގެ ސަބަބުން މިއަދު މާލެއިން ކަރަންޓު ގޮސްފައިވާކަމަށާއި މިޖަނަރޭޓަރުތަކަކީ މައްސަލައެއް ދިމާވުމުން އޮޓޯއިން ކަރަންޓު ކެނޑޭ ގޮތަށް ފަރުމާ ކުރެވިފައިވާ ޖަނަރޭޓަރުތަކެއްކަމަށެވެ.
މާލެއަށް ކަރަންޓު ދެމުންދާ އެހެން ޖަނަރޭޓަރެއްގެ ފިއުލް ޕަމްޕަށް ދިމާވި މައްސަލައަކާއި ގުޅިގެން އިއްޔެ ހަވީރުވެސް މާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑުނެވެ.
އަދި މިކަމުގެ ސަބަބުން ގިނަ ބަޔަކަށް ގެއްލުންވެފައިވާއިރު މިކަމުގެ ހިތްހަމަނުޖެހުންތައް އެކި ގޮތް ގޮތަށް ފާޅުކޮށްފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ