ށ.އަތޮޅު ކައުންސިލް ފުނަދޫ ދާއިރާގެ މެންބަރު ޑީއާރުޕީން އިސްތިއުފާދީފި

ށ. އަތޮޅު ކައުންސލް ފުނަދޫ ދާއިރާގެ މެމްބަރު މުހައްމަދު ހަމީދު ދިވެހި ރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން މިއަދު އިސްތިއުފާދެއްވައިފި އެވެ.
މިރޭ އެމްވީޔޫތު އޮންލައިންއަށް މައުލޫމާތުދެއްވަމުން މުހައްމަދު ހަމީދު ވިދާޅުވީ ޑީއާރުޕީއިން އިސްތިއުފާދެއްވީ އޭނާގެ ފިކުރާއި ޑީއާރުޕީގެ ލީޑާޝިޕްގެ ފިކުރާއި މިހާރު ދިމާ ނުވާތީ ކަމަށެވެ.
އަދި ރައްޔިތުންގެ މަޖިލީހުގައި ނަގާ ވޯޓުތައް ސިއްރުކުރުމަށް ޑީއާރުޕީގެ ބައެއް މެމްބަރުން ވޯޓުދެއްވި ގޮތާއި މެދު ހިތްހަމަޖެހިވަޑައިނުގަންނަވާ ކަމަށް ވެސް ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވ ޑީއާރުޕީ ދެބައިވެ ޕްރޮގްރަސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އުފެދުމުގެކުރިން ޑީއާރުޕީއަކީ ރައްޔިތުންގެ މަޖިލީހުގައި 35 މެމްބަރުންނާއި 35،000 މެމްބަރުން ތިއްބެވި ޕާޓީއެއް ކަމަށާއި ނަމަވެސް ޕާޓީ ދެބައިވެ ހައެއްކަ މެމްބަރުންނަށްވީ ލީޑާޝިޕް ނުދެއްކުމުން ކަމަށެވެ.
''އަޅުގަނޑު އަމިއްލައަށް ޑީއާރުޕީގެ ލީޑަރު އަހުމަދު ތަސްމީން އަލީއަށް ގުޅިން 6 ފަހަރު، ގުޅާފައި ޑީއާރުޕީގެ ލީޑާޝިޕްއިން ކަންތައްކުރައްވަމުން ގެންދަވާ ގޮތުން، އަޅުގަނޑުމެން މެމްބަރުން އެކަނި ކިހިނެއްތޯ ޑީއާރުޕީ ހިންގާނީ." ހަމީދު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ ޑީއާރުޕީއިން އިސްތިއުފާދެއްވި ކަމުގައިވިޔަސް އަދި އިތުރު ޕާޓީއަކާއި ގުޅިވަޑައިގަންނަވަން ނިންމާފައިނުވާ ކަމަށާއި ނަމަވެސް މިހާރު އެކަމާއި މެދު ވިސްނަމުންދާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ