ހދ.ކުޅުދުއްފުށީ ޖަލާލުއްދީން ސްކޫލާއި ކުރިނބީ ސްކޫލް ގުޅިގެން ކުރިނބީ ސްކޫލްގެ ސާނަވީ ގްރޭޑްތަކުގެ ދަރިވަރުންނަށް ކްލާސްތަކެއް ނަގައިދީ ބެލެނިވެރިން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއް ހިންގައިފިއެވެ.
މިއަދު ހެނދުނު 09:00 ން 12:15 އަށް އަދި މެންދުރުފަހު 13:30 ން 14:15 އަށް ކުރިއަށް ގެންދިޔަ ކްލާސްތަކުގައި ދަރިވަރުންނަށް ކިޔަވައިދެއްވީ ޖަލާލުއްދީން ސްކޫލްގެ 4 4 މުދައްރިސުންނާއި އެ ސްކޫލްގެ ޕްރިންސިޕަލް މަހުދީ ޝާހިދުއެވެ. މި ކްލާސްތަކުގައި އިނގިރޭސި، އިސްލާމް، ކެމިސްޓްރީ ، ބައޮލޮޖީ އަދި ހިސާބު ކްލާސްތަށް ހިމެނޭކަމަށް ކުރިނބީ ސްކޫލްގެ އޮފިސަލަކު މި ނޫހަށް މައުލޫމާތު ދެއްވިއެވެ.
މީގެ އިތުރުން މިއަދު ވަނީ ކުރިނބީ ސްކޫލްގެ ހުރިހާ ބެލެނިވެރިންނަށް އަމާޒުކޮށްގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައެވެ. މި ޕްރޮގްރާމުގައި މައުލޫމާތު ދެއްވީ ޖަލާލުއްދީން ސްކޫލްގެ ޕްރިންސިޕަލް މަހުދީ ޝާހިދުއެވެ. ކުރިނބީ ސްކޫލުން މައުލޫމާތު ދެއްވި ގޮތުގައި ހޭލުންތެރިކުުރުމުގެ ޕްރޮގްރާމްގައި މައިގަނޑު ގޮޮތެއްގައި އަލިއަޅުއްވާލައްވާފައިވަނީ ދަރިން ތަރުބިއްޔަތު ކުރުމުގައި ހަމައެކަނި ޓެސްޓުގެ ނަތީޖާއަށް ބުރަވުމުގެ ބަދަލުގައި މަސައްކަތުގެ މާހައުލަށް ދަރިން ނިކުތުމަށް ބޭނުންވަ ހުނަރުތަކަށްވެސް ހާއްޞަ ސަމާލުކަމެއް ދިނުމުގެ މައްޗަށް ކަމަށެވެ.
މިއަދުގެ މި ހަރަކާތްތަށް ކުރިއަށް ގެންދިއުމަށް ކުރިނބީ ސްކޫލްގެ ބެލެނިވެރިންނާއި މުދައްރިސުން ވެދެއްވވި އެހީތެރިކަން ފާހަގަކޮށް އެ ފަރާތަތްކަށް ކުރިނބީ ސްކޫލްގެ އޮފިޝަލް ޝުކުރުއަދާކުރެއްވިއެވެ.
ކުރިނބީ ސްކޫލާއި ޖަލާލުއްދީން ސްކޫލް ގުޅިގެން ކުރިނބީ ސްކޫލްގެ ދަރިވަރުންނަށް ކްލާސްތަކެއް ނަގައިދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ