އިގްތިސާދު މިހާރުވަނީ ފުނޑުފުނޑުވެފައި: ރައީސް މައުމޫނު

ރާއްޖޭގެ އިގުތިސާދު މިހާރުވަނީ ފުނޑުފުނޑުވެފައިކަމަށް ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫނު އަބުދުލް ގައްޔޫމު ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ކެމްޕެއިން ޖަލްސާއެއްގައި ދަ ކުޑަހުވަދޫގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް މައުމޫނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރު ހަލާކުވެފައިވީ ނަމަވެސް އެއީ އެކަން އޮންނަންޖެހޭނެ ގޮތް ނޫންކަމުގައެވެ.
މައުމޫނު ވިދާޅުވީ ގައުމު މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެނެވޭނެ ޓީމެއް އޮތީ ޕީޕީއެމްގައި ކަމުގައެވެ. އަދި އެޕާޓީގެ ރިޔާސީ ކެންޑިޑޭޓަކީ އިގްތިސާދީ ވުޒާރާގައި ހުންނެވިއިރު ނަތީޖާ ނެރުއްވި ބޭފުޅެއްކަމަށްވެސް މައުމޫނު ވިދާޅުވިއެވެ.
މައުމޫނު ވިދާޅުވީ ރާއްޖޭގެ އިގްތިސާދު މިހާރު އޮތް ހާލަތުން ރަނގަޅު ހާލަތަކަށް ގެނެވޭނެ ހަމައެކަނި ކެންޑިޑޭޓަކީ އަބްދުﷲ ޔާމީން ކަމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ