ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމު އެއްވެސް ހާލަތެއްގައި ހުސްވެއްޖެނަމަ 30 ދުވަހުގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލަކު އައްޔަންކުރުން ގާނޫނުން ދައުލަތުގެ ކަމާއި ބެހޭ އެންމެހާ ފަރާތްތަކުގެ މައްޗަށް ލާޒިމްކޮށްފައިވާތީ ލަސްނުކޮށް އެމަގާމަށް ބޭފުޅަކު އައްޔަންކުރުމަށް ސުޕްރީމް ކޯޓުން މިރޭ އަމުރު ނެރެފި އެވެ.
ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައި ބުނެފައިވަނީ ރާއްޖޭގެ ޖިނާއީ އަދުލުގެ ނިޒާމު ހިނގަ ހިނގާ އޮތްގޮތުގެ މަތިން ހިނގުމަކީ ގާނޫނު އަސާސީގެ ދަށުން ނަގަހައްޓަން ޖެހޭ ގާނޫނުގެ ހުކުމް ނެގެހެއްޓުމަށްޓަކައި ކޮންމެހެން ބޭނުންތެރި ކަމަކަށްވާތީ ހާލަތުއް ޟަރޫރާތުގެ އުސޫލަށް ރިއާޔަތްކޮށް ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށާއި ޖިނާއީ އިހްތިސާސް ލިބިގެންވާ އެހެނިހެން ކޯޓުތަކަށް ގަވައިދުން ހުށަހަޅަމުން ގެންދާ މައްސަލަތައް ބަލައިގަންނަމުން ގެންދިއުމަށް އަމުރުކުރާ ކަމަށެވެ.
އަދި ޕީޖީގެ މަގާމަށް ބޭފުޅަކު އައްޔަންކުރުމުގެ ކުރިން ޕީޖީގެ ފަރާތުން ކޯޓުތަކަށް ހުށަހަޅާފައިވާ މައްސަލަތައް އަނބުރާ ގެންދިއުމާއި ޕީޖީ އޮފީހަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ކުށުގެ ދައުވާ ނުކުރުން ފަދަ ފިޔަވަޅުތައް ނޭޅުމަށް ވެސް އަމުރުގައިވެ އެވެ.
"އަދި ކްރިމިނަލް ކޯޓަށާއި ޖިނާއީ އިހްތިސާސް ލިބިގެންވާ އެހެނިހެން ކޯޓުތަކަށް ހުށަހެޅި ހިނގަމުންދާ މައްސަލަތައް އެގޮތުގެ މަތިން ކުރިއަށް ގެންދިއުމަށާއި ޕީޖީ އޮފީހުން ކްރިމިނަލް ކޯޓަށާއި ޖިނާއީ އިހްތިސާސް ލިބިގެންވާ އެހެނިހެން ކޯޓުތަކަށް ގަވައިދުން ހުށަހަޅާ މައްސަލަތައް ހުއްޓުމެއް ނެތި ހަމަޖެހިފައިވާ އުސޫލުތަކުގެ މަތިން ބަލައިގެން ކުރިއަށް ގެންދިއުމަށް އެފަރާތްތަކަށް އަންގާ އަމުރުކޮށްފީމެވެ." ސުޕްރީމް ކޯޓުން މިރޭ ނެރުނު އަމުރުގައިވެ އެވެ.
ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމް ހުސްވެފައި ވަނީ އެމަގާމުގައި ހުންނެވި އަހްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު 25 ވަނަ ދުވަހު އިސްތިއުފާދެއްވުމާއި ގުޅިގެންނެވެ.
އަދި މުއިއްޒު އިސްތިއުފާދެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ މަގާމަމަށް މައުމޫން ހަމީދު އައްޔަން ކޮށްދެއްވުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ. ނަމަވެސް މަޖިލީހުން އެކަމާއި މެދު އަދި ގޮތެއް ނުނިންމަ އެވެ.
ލަސްނުކޮށް ޕީޖީއަކު އައްޔަންކުރުމަށް ސުޕްރީމް ކޯޓުން އަމުރު ނެރެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ