ހެނބަދޫ އާއި ފެރިދޫގެ ނަރުދަމާ ނިޒާމުގެ ޑިޒައިންގެ މަސައްކަތް ބަޔަކާ ހަވާލުކޮށްފި

ނ. ހެނބަދޫ އާއި އއ. ފެރިދޫގެ ނަރުދަމާގެ ނިޒާމްގެ ޑިޒައިން ކުރުމާއި ޓެންޑަރިންގެ މަސައްކަތް ކުރުމަށް ރިޔަން ޕްރައިވެޓް ލިމިޓެޑާ ހަވާލުކޮށްފިއެވެ.
މިއަދު އެންވަޔަރަންމެންޓް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތެއްގައި ޑިޒައިންގެ މަސައްކަތް ހަވާލުކުރުމަށް ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ މިނިސްޓަރު ތޯރިގު އިބްރާހިމްއެވެ. އަދި ރެޔަން ޕްރައިވެޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ހަމީޒް އެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ އެ ކުންފުނިން ހެނބަދޫ އާއި ފެރިދޫގެ ނަރުދަމާ ޑިޒައިން ކުރުމުގެ މަސައްކަތް ކުރުމަށްފަހު މިނިސްޓްރީއާ ހަވާލުކުރާނެ ކަމަށެވެ.
ސަރުކާރުގެ ޕީއެސްޕީ ބަޖެޓުގެ ހަރަދުގައި ކުރިއަށް ގެންދާ އެ މަސައްކަތަށް ޖުމްލަ 507،000 ރުފިޔާ ހަރަދުވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ތޯރިގު ވިދާޅުވީ ޑިޒައިނިން އާއި ޓެންޑަރިންގެ މަސައްކަތް ކުރުމަށް ދީފައިވަނީ ހަ މަހުގެ މުއްދަތެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ