އާނ އަހަންނަކީ ޓެރަރިސްޓެއް- ކެރަލާއިން ހޯދާ ނުފެނިފައިވާ ޒުވާނެއް

"އަހަންނަކީ ޓެރަރިސްޓެކޭ މީހުން ބުނެފާނެ، އެކަމަކު ހެއްދެވި ފަރާތް އަންގަވާފައިވާ މަގުން ހަނގުރާމަ ކުރުމަކީ ޓެރަރިޒަމް ކަމުގައިވަނީ ނަމަ، އާނ އަހަންނަކީ ޓެރަރިސްޓެއް!" ކެރަލާ އިން ހޯދާ ނުފެނިފައިވާ ޒުވާނެއް އޭނާގެ އާއިލާއަށް ފޮނުވި މެސެޖެއްގައި ބުނެފައިވެއެވެ.
މުޙައްމަދު މަރްވާން އަކީ ކެރާލާއިން އިސްލާމިކް ސްޓޭޓް (އައިއެސް) އާއި ގުޅުން ކަމަށް ޝައްކު ކުރެވޭ 15 ޒުވާނުންގެ ތެރެއިން އެކަކެވެ. މިމެސެޖަކީ މިދިޔަ ޖޫން މަހު އޭނާ، އޭނާގެ އާއިލާއަށް ޓެލެގްރާމް އިން ފޮނުވާފައިވާ މެސެޖެކެވެ.
މިޒުވާނާ ބުނި ގޮތުގައި އޭނާ މިމެސެޖު ފޮނުވާފައިވަނީ ދެކުނު އޭޝިއާ ގެ ސަރަޙައްދެއްގައި ހުރެއެވެ. ނަމަވެސް ފުލުހުންގެ އިންޓެލިޖެންސުން ހޯދި ހޯދުމުގައި އޭނާ އެބުނި ސަރަޙައްދައް އޭނާ ގޮސްފައެއް ނުވެއެވެ. އެހެންކަމުން މުޙައްމަދު މަރްވާން ހުރީ އެސަރަޙައްދުގައި ކަމަކަށް ޤަބޫލެއް ނުކުރެވެއެވެ.
އާއިލާއަށް ފޮނުވި މެސެޖުގައި މަރްވާން ވަނީ އޭނާގެ މަސައްކަތް ނިމުމުން އެނބުރި ގެއަށް އަންނާނެ ކަމަށް ވައުދުވެފައެވެ. އަދި އޭނާ ގެ މަސައްކަތަކީ އޭނާ އެއުޅޭ މީހުންނާއި އެއްކޮއް ކަޝްމީރް، ގުޖްރާތު އަދި މުޒައްފަރްނަގަރް ގައި ޕްރޮސެކިއުޓް ވަމުން އަންނަ މުސްލިމުންނަށް އެހީތެރި ވެދިނުމެވެ.
"މިތަނުގައި އެތައް ބައިވަރު މުސްލިމުން، އޭގެ ތެރޭގައި ކުޑަކުދިން ވެސް، ރަޝިޔާ އާއި އެމެރިކާއިން ދެމުން ގެންދާ ބޮމުގެ ހަމަލާތަކުގައި މަރުވެއްޖެ" މަރްވާން އެމެސެޖގައި ބުނެފައިވެއެވެ.
އަދި މުޅި އިސްލާމީ އުއްމަތް މިފަދަ ބިރުވެރި ކަމެއްގައިވާ އިރު އޭނާއަށް މަޑުން ނުހުރެވޭނެ ކަމަށް ވެސް އޭނާ ފޮނުވި މިމެސެޖުގައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ