ޑރ. ޒާކިރު ނައިކް ގެ ދިފާޢުގައި، ކަޝްމީރުގެ ރައްޔިތުން އަޑުއުފުލައިފި

ބަނގްލަދޭޝްގައި އިހަކަށް ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި އެތައް ބަޔަކު މަރާލާފައި ވަނިކޮށް، އެ ހަމަލާގައި ބައިވެރިވި އެކަކު އެކަން ކުރުމަށް ޝައުގުވެރިކުރުވި ފަރާތަކީ ޑރ. ޒާކިރު ނައިކް ކަމަށް ޝައްކުކޮށް، އިންޑިޔާގެ ކަމާބެހޭ ފަރާތްތަކުން އޭނާއަށް ފާރަލުމުގެ އިތުރުން، ހައްދުފަހަނަޅާފައިވާ ހިންދޫންގެ ހޫނު ބަހުގެ ހަމަލާތައް އޭނާއަށް އަމާޒުވަމުންދާތީ، ޑރ. ޒާކިރު ނައިކުގެ ދިފާޢުގައި މިއަދު އިންޑިޔާގެ ކަޝްމީރުގެ ރައްޔިތުން އަޑު އުފުލައިފިއެވެ.
ކަޝްމީރުގެ ސްރީނަގަރުގައި އަޑު އުފުލި ފަރާތްތަކުން ބުނަމުން ގެންދިޔައީ ޑރ. ޒާކިރު ނައިކަކީ ދުވަހަކުވެސް ޓެރަރިޒަމަށް ވާގިވެރިވި ފަރާތެއް ނޫންކަމަށާއި އޭނާއަކީ މަޑުމައިތިރި ދީނީ އިލްމުވެރިއެއް ކަމަށެވެ.
ސަމާވީ ދީންތައް އަޅާކިޔައި، މީހުން ހައިރާން ވާހައި ހަލުއިކަމާއި ދޫފަރިތަކަމާއެކު ދީނީ މައުލޫތަކަށް ވާހަކަދެއްކެވުމުގެ އިތުރުން ދީނީ މައްސަލަތަކުގައި އިލްމީ ގޮތުން ޖަދަލުކުރެއްވުމަށް ޑރ. ޒާކިރު ނައިކް ނިކަން ހުޝިޔާރުކަމަށް ގިނަބަޔަކު އެއްބަސްވާއިރު، އިންޑިއާގެ ހިންދޫ ބައެއް ޖަމާޢަތްތަކުން އަބަދުވެސް ޑރ. ޒާކިރު ނައިކް އާމެދު ދެކެނީ ނުގޮތަކަށެވެ.
އެހެންކަމުން، ދާކާގެ ހަމަލާއަށްފަހު އޭގެ އަނިޔާއަށް އެންމެ ބޮޑަށް ހުށަހެޅިފައިވާ ފަރާތަކަށް މިވަގުތު ވެފައިވަނީ ޑރ. ޒާކިރު ނައިކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ