ފުލުހުންގެ ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފަޅިއަށް ނިސްބަތްވާ އިސް ބޭފުޅަކު ހޯދަން އާންމުކޮށް އިއުލާން ކޮށްފި އެވެ.
ފުލުހުންގެ މިރޭ ހޯދަން އިއުލާން ކުރީ ޕީޕީއެމް ދެބައިވެގެން ދިޔަ ދަނޑިވަޅުގައި މައުމޫން އަމިއްލަފުޅަށް އުފެއްދެވި، ކައުންސިލްގެ މެންބަރަކަށް އެމަނިކުފާނު އައްޔަން ކުރެއްވި މ.ހިމްމިޔާ، އަޙްމަދު ޞަފްވާން، 38އ އެވެ. ފުލުހުން ބުނީ ސޮފްވާން ހޯދަން އާންމުކޮށް އިއުލާން ކުރީ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގުކުރަމުންދާ މައްސަލައަކާ ގުޅިގެން އޭނާ ހޯދައި ނުފެނިފައި ވާތީ ކަމަށެވެ. އެ މައްސަލައިގެ ތަފްސީލެއް ނުދެ އެވެ.
ސޮފްވާން އާބެހޭ މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓުގެ ޑިއުޓީ ނަމްބަރު 9790048 އަށް ގުޅައި މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފަ އެވެ.
ސޮފްވާން ހޯދަން ފުލުހުން އިއުލާން ކުރި އިރު މަޖިލީހުގެ ބައެއް މެންބަރުންނަށް ރިޝްވަތު ދިނުމަށް ފައިސާ ރައްކާކޮށް ގެންގުޅުމާއި އެ ފައިސާ މެންބަރުންނަށް ބެހި ކަމުގެ ތުހުމަތުގައި މައުމޫން ފެކްޝަންގެ ދެ ބޭފުޅެއް ދިރިއުޅޭގެ ބަލައި ވަނީ ފާސްކޮށްފަ އެވެ. އަދި އެ މީހުން ގެ ފޯނުން ވެސް ފުލުހުންގެ ތަހުގީގަށް ވަނީ އަތުލައިފަ އެވެ.
މައުމޫން ފަޅީގެ އިސް ބޭފުޅަކު ހޯދަން ފުލުހުން އިއުލާންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ