ބުރާސްފަތި ދުވަހު އައްޑޫގެ ބޮޑު ބަޔަކުން ކުއްލި ގޮތަކަށް ކަރަންޓް ދިޔައީ
އެއް ފަހަރާ ތިން އިންޖީނަކަށް މައްސަލަ ދިމާވެގެން ކަމަށާއި އޭގެ 
ތެރެއިން ދެ އިންޖީނެއް މިހާރު ވެސް މަރާމާތު ކުރަމުން އަންނަ ކަމަށް 
ފެނަކަ ކޯޕަރޭޝަނުން ބުނެފި އެވެ.އިންޖީނުތަކަށް ދިމާވި މައްސަލައާ ގުޅިގެން، އައްޑޫގެ ރަށްތަކުގެ އެކި ސަރަހައްދުތަކުން ގިނަ 
އިރުތަކެއް ވަންދެން ކަރަންޓެއް ނެތެވެ. މިކަމާ ގުޅިގެން އާންމުން ވަނީ 
ވަރަށް ބޮޑަށް ކަންބޮޑުވުން ވެސް ފާޅުކޮށްފަ އެވެ.ފެނަކައިގެ 
ރީޖަނަލް ޑިރެކްޓަރު އަބްދުﷲ ޒުހައިރު (އަބްހަރީ) މިއަދު "ހަވީރަ"ށް 
ވިދާޅުވީ އެއް ފަހަރާ ތިން އިންޖީނެއްގެ ލޯޑު ބޮޑުވެގެން އިންޖީނުތައް 
ނިވުނީ ކަމަށެވެ. މިގޮތަށް މި ދިމާވީ ކަރަންޓް ބޭނުން ކުރާ މިންވަރު މަދުކުރަން ވެސް ފެނަކަ އިން އިލްތިމާސްކޮށްފައި ވަނިކޮށެވެ."މައްސަލަ 
ޖެހުނު ތިން އިންޖީނުގެ ތެރެއިން އެކަތި ބުރާސްފަތި ދުވަހު ވަނީ ރަނގަޅު 
ކުރެވިފައި. އަނެއް ދޭތީގެ މަސައްކަތް މިއަދު ވެސް ކުރިއަށް އެބަދޭ،" އޭނާ 
ވިދާޅުވި އެވެ.ޒުހައިރު ވިދާޅުވީ މިއަދަކީ ބަންދު ދުވަހަކަށް ވުމާ 
އެކު ގިނަ އޮފީސްތަކެއް ވެސް ބަންދުކޮށްފައި ހުންނާނެތީ ކަރަންޓް ބޭނުން 
ކުރާ މިންވަރު ދަށްވާނެތީ، މިއަދު އެއްވެސް ދިމާއަކުން ކަރަންޓް ކަނޑާލަން 
ނުޖެހުން އެކަށީގެންވާ ކަމަށެވެ.
    
    އައްޑޫގެ ބޮޑު ބަޔަކުން ކަރަންޓް ދިޔައީ ތިން އިންޖީނެއް ނިވިގެން: ފެނަކަ
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ