ވޭތުވެދިޔަ ދެ ވެރިކަމުގައި ކުރެވިފައިހުރި ގޯސް ކަންތައްތަކުން އިބުރަތް ހާސިލުކުރަންޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ރޭ ޅ. ނައިފަރުގައި ވިދާޅުވެއްޖެ އެވެ.
އެ ރަށުގައި ބޭއްވި ޕީޕީއެމްގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން މައުމޫން ވިދާޅުވީ އެ މަނިކުފާނުގެ 30 އަހަރުގެ ވެރިކަމުގަ އާއި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތިން އަހަރުގެ ވެރިކަމުގައި ހުރި ގޯސް ކަންތައްތައް ބަލައި އެކަންކަމުން އިބުރަތް ހާސިލްކޮށް އެ ކަންކަން އިސްލާހުކޮށް، ރަނގަޅުކުރަންޖެހޭ ކަމަށެވެ.
މައުމޫންގެ ވާހަކަފުޅުގެ މައްޗަށް ޕީޕީއެމުން ނެރުނު ބަޔާނެއްގައި އިތުރަށް ބުނެފައިވަނީ، އެ ޕާޓީއަކީ އެހެން ޕާޓީއަކާ ޒާތީ ހަސަދައެއް ލައިގެން، ރުޅިވެރިކަމެއް ބާއްވާނެ ޕާޓީއެއް ނޫން ކަމަށާއި އެ ޕާޓީން އަބަދުވެސް މަސައްކަތް ކުރާނީ ގައުމުގެ މަސްލަހަތު އިސްކޮށްގެން ކަމަށް ރޭ މައުމޫން ވިދާޅުވި ކަމަށެވެ. އަދި ހިޔާލު ތަފާތުވިޔަސް ރައްޔިތުންނަށް ފައިދާހުރި ކަންކަން ކޮށްދީ އެކަންކަމަށް މަގު ފަހިކޮށްދިނުމަށް އެ ޕާޓީން މަސައްކަތްކުރާނެ ކަމަށް މައުމޫނު ވިދާޅުވި ކަމަށް ބަޔާނުގައިވެ އެވެ.
ޕީޕީއެމް އިން ބުނި ގޮތުގައި އެ ޕާޓީން ނައިފަރަށް ދިޔައީ ނައިފަރުގައި ޕީޕީއެމްގެ ހަރަކާތްތައް ރަސްމީކޮށް ފެށުމަށެވެ. އެ ދަތުރުގައި އެ ޕާޓީގެ އިސް ބޭފުޅުން ބައިވެރިވެ އެވެ.
ކުރީގެ ދެ ވެރިކަމުގައި ހެދިފައި ހުރި ގޯސްތަކުން އިބުރަތް ހާސިލްކުރަންޖެހޭ: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ