ސައޫދީގައި ހުންނަވާ ދިވެހި ސަފީރަކަށް އަބްދުﷲ ހަމީދު މިއަދު އައްޔަން ކުރައްވައިފި އެވެ. އެމްބެސެޑަ އެޓް ލާޖްގެ މަގާމުގައި މިހާތަނަށް ހުންނެވި ހަމީދު ސައޫދީގައި ހުންނަވާ ރާއްޖޭގެ ސަފީރު ކަމަށް އައްޔަން ކުރައްވައި އޭނާއަށް މަގާމުގެ ފަތްކޮޅު ރައީސް އަބްދުﷲ ޔާމީން ދެއްވީ މީގެ އިރުކޮޅެއް ކުރިން ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ.ހަމީދަކީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ޗީފް އޮފް ޕްރޮޓޮކޯލްގެ މަގާމު ފުރުއްވި ބޭފުޅެކެވެ.ސައޫދީގައި ހުންނަވާ ދިވެހި ސަފީރަކަށް ހަމީދު އައްޔަން ކުރެއްވުމަށް ފަހު، ރައީސް ޔާމީން ދެންމެ އޭނާއާ ބައްދަލު ކުރައްވަނީ.---ފޮޓޯ: ރައީސް އޮފީސް            ހަމީދު ވަަނީ ފޮރިން މިނިސްޓްރީގައި 17 އަހަރު ދުވަހު ހިދުމަތްކުރައްވައިފަ 
އެވެ. އެގޮތުން، 1991 އަހަރު ފޮރިން މިނިސްޓްރީއާ ގުޅިވަޑައިގެންނެވި 
ހިސާބުން ފެށިން 15 އަހަރުގެ މުއްދަތަކަށް އޭނާ ވަނީ ޗީފް އޮފް 
ޕްރޮޓޮކޯލްގެ މަގާމު އަދާކުރައްވައިފަ އެވެ. އަދި އޭގެ ފަހުން ހަމީދު ވަނީ 
ފޮރިން މިނިސްޓަރުގެ ނައިބު ކަމުގެ މަގާމާއި އެ މިނިސްޓްރީގެ ސްޓޭޓް 
މިނިސްޓަރުކަން ވެސް ކުރައްވާފަ އެވެ. އެމްބެސެޑަރު އެޓް ލާޖު ކަމުގެ 
މަގާމަށް އައްޔަންކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ސީޝެލްސް އިން ރާއްޖެ 
އަށް ކަނޑައަޅާފައި ހުންނަވާ އޮނަރަރީ ކައުންސެލްގެ މަގާމުގަ އެވެ.
    
    ސައޫދީގައި ހުންނަވާ ދިވެހި ސަފީރަކަށް އަބްދުﷲ ހަމީދު
                
            އަރުޝީފަށް ނެގީ
            
        
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ