ޖުޑީޝަރީގެ އެކްޝަން ޕްލޭނާއި ސުޕްރީމް ކޯޓުގެ އައު ވެބްސައިޓް މިއަދު ލޯންޗްކޮށްފި އެވެ.
ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ އެކްޝަން ޕްލޭނާއި ވެބްސައިޓް ލޯންޗްކޮށްދެއްވީ އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިން އެވެ. މި ހަފުލާގައި އުއްތަމަ ފަނޑިޔާރު ވިދާޅުވީ ކުރިން ފަނޑިޔާރުންގެ ތައުލީމީ ފެންވަރަށް ބަލާއިރު ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި ތިބި ފަނޑިޔާރުންގެ ތެރެއިން 80 ޕަސެންޓް ފަނޑިޔާރުންނަކީ ސެޓްފިކެޓް ލެވެލް ހަތަރެއްގެ ތައުލީމީ ފެންވަރު ހުރި ފަނޑިޔާރުން ކަމަށެވެ. ނަމަވެސް މިހާރު މާލޭގެ ކޯޓުތަކުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން 25 ފަނޑިޔާރުންނަކީ ޑިގްރީ ފެންވަރަށް ތައުލީމު ހާސިލް ކުރައްވައިގެން ތިއްބެވި ފަނޑިޔާރުން ކަމަށް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް ތާނގައި އެ އަދަދު އިތުރުވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވީ މިއަދު ލޯންޗް ކުރި އެކްޝަން ޕްލޭންގެ އެއް އަމާޒަކީ ކުރިއަށް އޮތް ތާނގައި ރާއްޖޭގެ ހުރިހާ ކޯޓުތަކެއްގައި ތިއްބެވި ފަނޑިޔާރުންނަކީ ވެސް ޑިގްރީ ފެންވަރަށް ތައުލީމު ހާސިލް ކުރައްވައިގެން ތިއްބެވި ބޭފުޅުންނަށް ހެއްދެވުން ކަމަށެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ ކޯޓުތަކަށް ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ ޖާގައިގެ ދަތިކަން ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އާ އިމާރާތް އެޅުމަށް ބިމެއް ހޯދުމަށް ސަރުކާރާއެކު މަޝްވަރާ ކުރައްވަމުން ގެންދަވާ ކަމަށާއި ބިމެއް ލިބިއްޖެނަމަ އެ އިމާރާތް އެޅުމުގެ މަސައްކަތް މި އަހަރުގެ ތެރޭގައި ފެށޭނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެ އިމާރާތް އެޅުމަށް އިސްލާމީ ގައުމެއްގެ ހިލޭ އެހީ ލިބޭނެ ކަމަށް ވިދާޅުވި އެވެ.
ޖުޑީޝަރީގެ އެކްޝަން ޕްލޭނާއި ސުޕްރީމް ކޯޓުގެ އައު ވެބްސައިޓް އިފްތިތާހުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ