މެމްބަރު އިބްރާހީމްދީދީގެ ދަނބިދަރި އަށް ވެސް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން ދެއްވައިފި

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ފޭދޫ ދާއިރާގެ ޕީޕީއެމްގެ މެމްބަރު އިބްރާހީމްދީދީ (އައިބީ) ގެ ދަނބިދަރި އިބްރާހީމް ނަސީމަށް ވެސް ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރުކަން ދީފި އެވެ.އެ މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވަނީ އެކަން "ހަވީރަ" ށް ކަށަވަރުކޮށް ދެއްވައިފަ އެވެ. އޭނާ ވިދާޅުވީ ނަސީމް އެ މަގާމަށް ހަމަޖެއްސި ނަމަވެސް އަދި ރަސްމީކޮށް އޭނާއާ މަގާމުގެ ޗިޓް ހަވާލުނުކުރާ ކަމަށެވެ.ޔޫތް މިނިސްޓްރީގެ ކޯޑިނޭޓަރަކަށް އައިބީގެ ދަނބިދަރި ހަމަޖެއްސިއިރު، ދަގެނތި ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އިލްހާމް އަހުމަދުގެ އެއް ކޮއްކޮއަކަށް ވަނީ އެ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ދެއްވައިފަ އެވެ. އަދި އިލްހާމްގެ އެހެން ކޮއްކޮއެއް ކަމަށްވާ، ފީފާގެ އެސިސްޓެންޓް ރެފްރީ އިސްމާއިލް އިޒްހާން ވަނީ ޔޫތު މިނިސްޓްރީގެ
ކޯޑިނޭޓަރު ކަމަށް ހަމަޖައްސައިފަ އެވެ. އިލްހާމް އެފްއޭއެމްގެ ރައީސް ކަމުގައި ހުންނެވިއިރު އެ އިދާރާގެ ޖެނެރަލް ސެކްރެޓަރީގެ މަގާމު ފުރުއްވި އިޒްހާން ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހަމަޖެއްސެވި ކަމުގެ ޗިޓް އަދި ނުފޮނުވާ ކަމަށްވެ އެވެ.މިރުޒާދު (ވާތް ފަރާތުން ފުރަތަމަ) ޕީޕީއެމަށް ސޮއި ކުރެއްވި ދުވަހު މެޑަމް ފާތުންއާ އެކު މުލިއާގޭގައި. ފޮޓޯ: އަސުރުމާ ކުރިން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ގަން ބްރާންޗްގައި ވަޒީފާ އަދާކުރި ނަސީމް، އައްޑޫގައި ހުންނަވާ ޔޫތު މިނިސްޓްރީގެ ކޯޑިނޭޓަރަކަށް ހަމަޖެއްސީ ކުރިން އެ މަގާމުގައި ހުންނެވި އަހުމަދު މިރުޒާދު (މިރާ) މަގާމުން ވަކި ކުރުމަށް ފަހު ކަމަށް ވެސް އެނގިފައިވެ އެެވެ.އެކަމަކު އޭނާ މަގާމުން ވަކި ކުރީ ކީއްވެ ކަމެއް އަދި ނޭނގެ އެވެ. ކުރިން އެމްޑީޕީގެ މެމްބަރެއްގެ ގޮތުގައި ފޭދޫ ކައުންސިލަރުކަން ވެސް ކުރެއްވި މިރާ ޕީޕީއެމަށް ސޮއި ކުރެއްވީ 2014 ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ