ސުޕްރީމް ކޯޓުގެ ހުކުމް އިނގިރޭސި ބަހުންވެސް އާންމުކޮށްފި

ސުޕްރީމް ކޯޓުން ރޭ ނެރުނު ވަރުގަދަ ހުކުމް އިނގިރޭސި ބަހަށް ތަރުޖަމާކޮށް ސުޕްރީމް ކޯޓުން އާންމުކޮށްފި އެވެ.
ސުޕްރީމް ކޯޓުން ނެރޭ ހުކުމްތައް މީގެ ކުރިން އިނގިރޭސި ބަހަށް ތަރުޖަމާކޮށް އާންމުކޮށްފައެއް ނުވެ އެވެ. އެހެންކަމުން ރޭ ނެރުނު ވަރުގަދަ ހުކުމް އިނގިރޭސި ބަހުން ތަރުޖަމާކުރި ވަކި ސަބަބެއް އެނގިފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް އިނގިރޭސި ބަހަށް ތަރުޖަމާކޮށް މި ހުކުމް މިހާރު ވަނީ ސޯޝަލް މީޑިއާގައިވެސް އާންމުކޮށްފަ އެެވެ.
ސުޕްރީމް ކޯޓުން ރޭ އިއްވި ހުކުމްގައި ވަނީ ތަފާތު މައްސަލަތަކުގައި ޖަލަށް ލާފައިވާ ނުވަ ބޭފުޅަކު މިނިވަންކުރުމަށާއި، މެންބަރުކަމުގެ ގޮނޑި ގެއްލިފައިވާ ކަމަށް ބުނާ 12 މެންބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ހުކުމްކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމްގައި ވަނީ މި ހުކުމަށް އަމަލުނުކުރާ ފަރާތްތަކާއި، ހުކުމް ތަންފީޒު ކުރަން ހުރަސް އަޅާ ފަރާތްތަކާއި، ހުކުމް ތަންފީޒު ކުރުމުގައި އިހްމާލުވާ ފަރާތްތަކުގެ މައްސަލަ ބަލައި ގާނޫނީ ފިޔަވަޅު އެޅުމަށް ޕްރޮސެކިއުޓާ ޖެނަރަލަށް އަމުރުކޮށްފަ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ނެރުނު ފަހުން 12 ވަރަކަށް ގަޑިއިރަށް ވެފައިވާއިރު މިހުކުމްގައިވާ ކަންކަން ސަރުކާރުން އަދިވެސް ތަންފީޒުކޮށްފައެއް ނުވެ އެވެ.
ސުޕްރީމް ކޯޓުގެ ހުކުމް ބަލައިގަނެ ދިރާސާކުރަމުންދާ ކަމަށް ސަރުކާރުން ބުނަމުންދާއިރު މިއީ ދިރާސާކުރެވޭނެ ހުކުމެއް ނޫން ކަމަށް ގާނޫނީ ބޭފުޅުން ގެންދަނީ ވިދާޅުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ