ފިތުރު ޒަކާތް ދެއްކޭނެ ފަސޭހަގޮތެއް އިސްލާކިކް ބޭންކް އޮފް މޯލްޑިވްސްގެ، އެމްއައިބީގެ ފައިސާ މޮބައިލް މެދުވެރިކޮށް އެބޭންކުން ހަމަޖައްސައިފިއެވެ.
އެމްއައިބީންބުނީ "ފައިސާ މޮބައިލް" މެދުވެރިކޮށް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖައްސާފައިވާއިރު ފައިސާ މޮބައިލް މެދުވެރިކޮށް ފިތުރު ޒަކާތް ދައްކަން ބޭނުންވާ ފަރާތްތަކަށް އަންނަ ޖޫން މަހުގެ 12 ވަނަ ދުވަހުގެ ނިޔަލަށް އެފުރުސަތު ހުޅުވާލެވިފައިވާ ކަމުގައެވެ.
އެބޭންކުންބުނީ ފައިސާ މޮބައިލްގެ އިތުރުން އެމްއައިބީގެ ފައިސާ ނެޓު އިންޓަނެޓް ބޭންކިންގެ ޒަރިއްޔާއިންވެސް ފިތުރު ޒަކާތް ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމުގައެވެ.
އާދައިގެ ހަނޑުލުންނަމަ މާލޭ ސަރަހައްދުން މީހަކަށް 13 ރުފިޔާ ފިތުރު ޒަކާތަށް ދައްކަން ޖެހޭއިރު ތައިލެންޑު ހަނޑުލުންނަމަ 43 ރުފިޔާ ދައްކަން ޖެހޭނެއެބެ. އަދި ބާސްމަތީ ހަނޑުލުން ދައްކަން ޖެހޭނީ މީހަކަށް 81 ރުފިޔާ އެވެ.
އިސްލާމިކް ބޭންކުންބުނީ ފައިސާ މިބައިލް އާއި ފައިސާ ނެޓް މެދުވެރިކޮށް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތަކަށް އެއްފަހަރާ ފައިސާ ދެއްކޭނެ އިންތިޒާމު ހަމަޖެހިފައިވާ ކަމުގައެވެ.
ޒަކާތް ދައްކަން އެމްއައިބީގެ ފައިސާ މޮބައިލް މާ ފަސޭހަ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ