ނިމިދިޔަ 2017 ވަނަ އަހަރަކީ މީގެ ދެތިން އަހަރު ކުރިން ދައުލަތުގެ ތެރޭގައި އާއްމުވި ވައްކަމާއި ކޮރަޕްޝަން އިތުރަށް ފުޅާވެ ފަސާދަވެގެން ދިޔަ އަހަހެއްކަމަށް ކުރީގެ ރައީސް މައުމޫނު އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ 2017 ވަނަ އަހަރު ނިމި 2018 ވަނަ އަހަރަށް މަރުހަބާ ކިއުމުގެ ގޮތުން ނެރުއްވި ހިތޯބުގަ އެވެ.
ރައީސް މައުމޫން ވިދާޅުވީ 2017 ވަނަ އަހަރު ގިނަ ދަތިތަކާއި ވަރަށް ބޮޑެތި ގޮންޖެހުންތަކާ ރައްޔިތުން ކުރިމަތިލާންޖެހުނުކަމަށާއި ފާއިތުވި އަހަރަކީ އަދަދުނުކުރެވޭހާ ގިނަ ފަރުދުންނާއި މުޅި ގައުމު ހިތްދަތި ދުވަސްތަކެއް ކަމުގައެވެ.
ވައްކަމާއި ކޮރަޕްޝަނާއި، ހިޔާނާތުގެ އަމަލުތައް އިތުރަށް ފުޅާވެ މުޅި ގައުމު 2017 ވަނަ އަހަރު ފަސާދައިގެ ހާއްޔަކަށް ވެގެންދިޔަ ކަމަށާއި ގާނޫނު އަސާސީއާއި ގާނޫނުތައް މުގުރާލެވި ރައްޔިތުންގެ ހުރުމަތްތެރިކަން ލިބިގެންވާ ރައްޔިތުންގެ މަޖިލިސް ވެސް 2017 ވަނަ އަހަރު ހިސޯރުކުރެވުނު ކަމަށް ރައީސް މައުމޫނު ވިދާޅުވިއެވެ.
މީގެ އިތުރުން އިސްލާމީ މަތިވެރި އުސޫލުތަކާއި ޑިމޮކްރަސީގެ ރީތި ހަމަތަކާ ހިލާފަށް 2017 ވަނަ އަހަރު ވެރިކަމުގެ ނިޒާމު ހުދުމުހުތާރުކަމަށް ބަދަލުވެގެން ދިޔަކަމަށާއި ގިނަ އަދަދެއްގެ ބައެއްގެ އިންސާނީ ހައްގުތައް ނިގުޅައި ގަނެ ރައްޔިތުންނަށް ގާނޫނު އަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގުތަކުން 2017 ވަނަ އަހަރު މަހްރޫމްކޮށްފައިވާ ކަމަށާއި ގާނޫނީ އަދި ޝަރުއީ ހަމަތަކާ ހިލާފަށް އެތައް ބަޔަކު ބަންދުކޮށް ޖަލުގައި އަނިޔާވެރި ދުވަސްތަކެއް ބަރުދާސްތުކުރުމަށް މަޖުބޫރުކުރުވިކަމަށްވެސް ރައީސް މައުމޫނު ވިދާޅުވިއެވެ.
2017 އަކީ ވައްކަމާއި ކޮރަޕްޝަން ފުޅާވެ ފަސާދަވި އަހަރެއް: ރައީސް މައުމޫނު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ