އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަން ކުރެއްވުމަށް ރައީސް އަބްދުﷲ ޔާމީން މަޖިލީހަށް ފޮނުއްވާފައިވާ ނީޒާ އިމާދުގެ ނަން އަނބުރާ ގެންދަވައި އެމަގާމަށް އަހުމަދު ނަސީރުގެ ނަން ފޮނުއްވައިފިއެވެ. ރައީސް އޮފީހުގެ ތަރުޖަމާން އިބްރާހީމް މުއާޒް އަލީ ވިދާޅުވީ އެމްއެމްއޭގެ ގަވަރުނަރުގެ މަގާމަށް އައްޔަންކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވާފައިވާ ނީޒާ އިމާދުގެ ނަން އަނބުރާ ގެންދަވައި ކ.މާފުށި، މުސްތަރީގެ އަހުމަދު ނަސީރު އެމަގާމަށް އައްޔަން ކުރެއްވުމަށް ނަން ފޮނުވާފައިވާކަމަށެވެ.
އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރަން ނީޒާގެ ނަން ރައްޔިތުންގެ މަޖިލީހަށް ފޮނުވާފައި ވަނީ އެމަގާމުގައި ހުންނެވި ޑރ.އަޒީމާ އަދާމް ގަވަރުނަރުކަމުގެ މަގާމުން އިސްތިއުފާ ދެއްވުމާއި ގުޅިގެން މިމަހުގެ ސޯޅަ ވަނަ ދުވަހުއެވެ.އެ މަގާމަށް ނީޒާ ހަމަޖެއްސެވުމަށް ރައީސުލްޖުމުހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުވި ނަމަވެސް ނީޒާގެ ނަން އަނބުރާ ނެންގެވި ސަބަބެއް ހާމަކޮށްފައެއްނުވެއެވެ.އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރުމަށް ނަސީރުގެ ނަން ފޮނުއްވާފައިވާއިރު، އޭނާ ވަނީ، ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތްކުރައްވާފައިކަން ފާހަގަކޮށްލެވެއެވެ. އެމްއެމްއޭގެ ގަވަރުނަރަކަށް ނަސީރު އައްޔަން ކުރެއްވުމަށް މަޖިލީހަށް ނަން ފޮނުއްވުމާއި ގުޅިގެން ނީޒާ އިމާދު ވަނީ އެސިސްޓެންޓް ގަވަރުނަރުގެ މަގާމުން މިއަދު އިސްތިއުފާ ދެއްވާފައެވެ.
ފަތޯނާ ފާއިޒް
މި ލިޔުން ޝާއިރު ކުރިތާ 48 ގަޑިއިރު ވެފައިވާތީ ކޮމެންޓްކުރުން ވަނީ ބަންދުކެރެވިފައި.
×
އެންމެ ފަހުގެ
އެންމެ މަގްބޫލު
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
55 މިނެޓް ކުރިން
ޖަނަވަރީ ޓްރާންސްފަގައި 430 މިލިއަން ޕައުންޑް!
4 ގަޑި ކުރިން
ޤައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
6 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
ބީއެމްއެލްގެ އަހަރެންގެ ބޭންކް ކެމްޕޭން ރަސްމީކޮށް ފަށައިފި
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
އިންތިޚާބުގައި ބަލިވާނެކަން އެނގޭތީ ވެރިކަން ވައްޓާލަން އުޅުން
8 ގަޑި ކުރިން
ސިނާންއާއި އިލްހާމް ފުލުހުންގެ އިދާރާއަށް ހާޒިރުވާން އަންގައިފި
15 ގަޑި ކުރިން
'އޯ' ލެވެލް ނަތީޖާގެ ކާމިޔާބީ ފާހަގަ ކުރުމަށް ޚާއްސަ ޙަރަކާތްތަކެއް ބާއްވައިފި
6 ގަޑި ކުރިން
މަތީ ސާނަވީ އިމްތިހާނުގެ ނަތީޖާ އިދިކޮޅު އެމްޑީޕީއަށް ހަޖަމެއް ނުވި!
13 ގަޑި ކުރިން
ދިވެހި ދައުލަތުން ކުޑައިރު ކޮޅެއްގެ ތެރޭގައި ދިވެހި ރައްޔިތުންނާއި ބައްދަލު ކުރައްވާނެ
55 މިނެޓް ކުރިން
އީޔޫއިން ފަލަސްތީނުގެ ދައުލަތް ޤާއިމް ކުރުމަށް އެހީތެރިވަނީ
15 ގަޑި ކުރިން
އެމްއެމްއޭގެ ގަވަރުނަރު ކަމަށް އައްޔަން ކުރުމަށް އަހުމަދު ނަސީރުގެ ނަން ފޮނުވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ