ސުޕްރީމް ކޯޓުގެ ވެބްސައިޓް ހެކް ނުކުރާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބުނެފިއެވެ.
އެ ކޯޓުގެ ވެބްސައިޓު ހެކުކޮށްފައިނުވާ ކަން ހާމަކޮށްފައި މިވަނީ ސުޕްރީމް ކޯޓުގެ ވެބްސައިޓު ހެކްކޮށްފައިވާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށް ބުނެ ބައެއް މީޑިއާތަކުން ރިޕޯޓުކޮށްފައިވަނިކޮށެވެ.
ސިޔާސީ ބޭނުމުގައި ހުކުމްކޮށް ޖަލަށް ލާފައިވާ ހުރިހާ ސިޔާސީ ލީޑަރުން ވަގުތުން މިނިވަން ކުރުމަށް ސްޕްރީމް ކޯޓުން މިރޭ ވަނީ ހުކުމްކޮށްފައެވެ.
ސްޕްރީމް ކޯޓުން މިރޭ ކުރި ހުކުމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި، ކުރީގެ ޕްރޮސެކިއުޓަރ ޖެނެރަލް މުހުތާޒް މުހުސިނާއި ގާޒީ އަހުމަދު ނިހާނާއި ފާރިސް މައުމޫނާއި އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމާއި މަޝްހޫރު ވިޔަފާރިވެރިޔާ ހާމިދު އިސްމާއިލް ވަގުތުން މިނިވަން ކުރުމަށްވަނީ ހުކުމްކޮށްފައެވެ.
ތަފުސީލު އަންނަނީ
ސުޕްރީމް ކޯޓުގެ ވެބްސައިޓް ހެކްއެއް ނުކުރޭ: ޖުޑީޝަލް އެޑްމިނިސްޓްރޭޝަން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ