ފަޅުން ފައިސާ ނެގުމުގެ އުސޫލު: މާލެ އަތޮޅުން ހެކްޓަރަކަށް 6 ލައްކަ ޑޮލަރު

ޓޫރިސްޓް ރިޒޯޓް ތަރައްޤީ ކުރުމަށް ކުއްޔަށްދީފައިވާ ރަށާ ވަކިން ފަޅުތައް ކުއްޔަށްދިނުމުގައި އިކުއިޒިޝަން ކޮސްޓްގެ ޢަދަދުތައް ބަޔާންކުރާ އުސޫލު ގެޒެޓް ކޮށްފިއެވެ.
މިއީ ޓޫރިސްޓް ރިޒޯޓާއި ޓޫރިސްޓް ހޮޓަލާއި، ޓޫރިސްޓް ގެސްޓްހައުސް އަދި ޔޮޓް ބަނދަރު ތަރައްޤީ ކުރުމަށް ކުއްޔަށް ދޫކޮށްފައިވާ ރަށްރަށުގެ ފަޅުގެ ސަރަހައްދު ކަނޑައެޅުމާ ބެހޭ ޤަވާއިދުގެ 3 ވަނަ މާއްދާގެ ދަށުން ބަޔާންކޮށްފައިވާ އިކުއިޒިޝަން ކޮސްޓްގެ ޢަދަދުތައް ބަޔާންކުރާ އުސޫލެވެ.
މި އުސޫލުގެ ދަށުން  އެންމެބޮޑު އަގެއް ނަގަނީ މާލެ އަތޮޅުންނެވެ. އެއީ ހެކްޓަރަކަށް 6 ލައްކަ ޑޮލަރެވެ. 10 ހެކްޓަރަށްނަމަ 6 މިލިއަން ޑޮލަރެވެ. ދެން އެންމެބޮޑު އަގެއް ނަގަނީ އއ އަތޮޅުންނެވެ. އެއީ ހެކްޓަރަކަށް 525،000 ޑޮލަރުގެ ރޭޓުންނެވެ. ތިންވަނައަށް އެންމެ ގިނައިން ނަގާ ޅ، ބ، އަދި އދ އަތޮޅުން ނަގަނީ ހެކްޓަރަކަށް 5 ލައްކަ ޑޮލަރެވެ. ދެން އުޅެނީ 450،000 ޑޮލަރާއި 125،000 ޑޮލަރާ ދެމެދުގެ އަގު ތަކެއްގައެވެ.
މިއުސޫލުގައި ބުނެފައިވާ ގޮތުގައި އިކުއިޒިޝަން ކޮސްޓު ކަނޑައެޅުމުގައި ސައިޒް ބަލާނީ ވަކިން ކުއްޔަށްދޭ ސަރަހައްދާ ގުޅޭގޮތުން ޓޫރިޒަމާ ބެހޭ މިނިސްޓްރީން ފާސްކޮށްފައިވާ ކޮންސެޕްޓްގައި ބަޔާންކޮށްފައިވާ ސައިޒަށެވެ. އަދި އެފައިސާ މީރާއަށް އެއްފަހަރާ ދެއްކުމަށް އެންގުމުގެ އިޚްތިޔާރު ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ލިބިގެންވާކަމަށް އުސޫލުގައި ވަނީ ބުނެފައެވެ.  
ހޯމަ ދުވަހު ސަރުކާރުގެ ގެޒެޓްގައި މިއުސޫލު ޝާއިއު ކޮށްފައިވާއިރު، އުސޫލުގައިވާ ގޮތުން އެވަގުތުން ފެށިގެން އެއުސޫލަށް ޢަމަލުކުރަން ފެށޭނެއެވެ.
ޚަބަރެއް ނުވަތަ މައުލޫމާތެއް ރާއްޖެއެމްވީ އަށް ދެއްވުމަށް [email protected] އަށް އީމެއިލް ކުރައްވާ ނުވަތަ 9110099 ނަންބަރަށް ގުޅުއްވާ.
އަންތަރީސް ވެއްޖެ
އުފާ ވެއްޖެ
ދެރަ ވެއްޖެ
ރުޅި ގަދަ ވެއްޖެ
މޮޔަވެއްޖެ
ދެން އަތްޖަހާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ