ދިވެހިރާއްޖޭގެ ގައުމީ ޔުނިވާސިޓީގެ ސްކޫލް އޮފް ނަރސިންގ އިފްތިތާޙްކޮށްފި އެވެ.
ޤައުމީ ޔުނިވަރސިޓީގެ ބައެއްގެ ގޮތުގައި ސްކޫލް އޮފް ނަރސިންގ އިފްތިތާހުކޮށްދެއްވީ މިކަމަށްޓަކައި މިއަދު ހެނދުނު ފެކަލްޓީ އޮފް ހެލްތް ސައިންސަސްގައި ބޭއްވި ރަސްމިއްޔާތެއްގައި ހެލްތް މިނިސްޓަރ ޢަބްދުﷲ ނާޒިމް އިބްރާހީމް އެވެ.
ޤައުމީ ޔުނިވަރސިޓީގެ ބައެއްގެ ގޮތުގައި ސްކޫލް އޮފް ނާސިން އިފްތިތާހު ކޮއްފައިވާއިރު މި ސްކޫލް ޔުނިވަސިޓީގެ ދަށުން ހިންގަން ފެށީ ރާއްޖޭގެ ޞިއްޙީ ދާއިރާގައި ޚިދުމަތްކުރާ ނަރުހުންނަކީ ދިވެހިން ކަމަށް ހެދުމަށް ސަރުކާރުން ހިންގަން ފެށި ޕްރޮގްރާމް ކާމިޔާބުކަމާއިއެކު ކުރިއަށް ގެންދިއުމަށެވެ.
ނާސިން ސުކޫލް އިފްތިތާހްކޮށް ދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ނާޒިމް ވިދާޅުވީ، ޤައުމެއް ތަރައްޤީ ކުރިއެރުމަށް ޔުނިވަރސިޓީއެއްގެ ދައުރު ވަރަށްވެސް ބޮޑުކަމާއި ރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއިން މިދައުރު ފުރިހަމައަށް އަދާ ކުރަމުންދާކަމަށެވެ.
"ޔުނިވާސިޓީއަކީ ކޮންމެ ގައުމެއްގައި ވެސް ވަރަށް މުހިންމު ބިނާއެއް. ޤައުމެއް ތަރައްޤީ ކުރިއެރުމަށް ޔުނިވަރސިޓީއެއްގެ ދައުރު ވަރަށްވެސް ބޮޑު އެގޮތުން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއިން ދަނީ މިދައުރު ފުރިހަމައަށް އަދާ ކުރަމުން" މިނިސްޓަރ ނާޒިމް ވިދާޅުވިއެވެ.
މިނިސްޓަރ އިތުރަށް ވިދާޅުވީ ބޮޑަތި ހަސްފަތާލުތައް ހެދެމުންދާ ވިދުވަސްވަރު، ދިވެހި ގައުމަށް ނަރުހުންގެ ޚިދުމަތް ވަރަށް ބޮޑަށްވެސް ބޭނުންވާކަށެވެ. މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ކަންކަން އަބަދުވެސް އުފަންވެގެން އަންނަނީ ފިކުރަކުން ކަމަށާއި ރާއްޖޭގައި ބޭސް ހެދުމުގެ ފެކްޓުރީއެއްވެސް ހެދިދާނެކަމަށެވެ.
މިހަފްލާގައި ދިވެހި ރާއްޖޭގައި ނާސިން ކުރިއަރައިގެން ދިޔަގޮތާ ބެހޭ ގޮތުން ތައްޔާރުކޮށްފައިވާ ވީޑިއޯ ޕުރެޒެންޓޭޝަނެއް ވެސް ވަނީ ހުށަހަޅާފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގައުމީ ޔުނިވަސިޓީގެ ޗާންސެލަރ ޑރ.މުހައްމަދު ލަތީފް ވިދާޅުވީ މިއަދަކީ ޤައުމީ ޔުނިވަރސިޓީއަށް ކުރިއެރުމެއް ލިބިގެން ދިޔަ ދުވަހެއްކަމަށެވެ.
ރާއްޖެއަށް ބޭނުންވާ ނަރުހުން ތަމްރީނު ކުރުމުގެ މަސައްކަތަކީ މީހުން ބިނާކުރުމަށް ރާއްޖޭގައި އެންމެ ފުރަތަމަ ކުރަން ފެށުނު މަސައްކަތެވެ. ގިނަ އަދަދެއްގެ ނަރުހުން އުފެއްދިފައި ވީނަމަވެސް ތަފާތު ސަބަބުތަކާއިހުރެ ކޮންމެ އަހަރަކުވެސް ގިނަ އަދަދެއްގެ ނަރުހުން އިސްތިއުފާ ދެމުން ގެންދިއުމަކީ ކުރިމަތިވެފައިވާ އެންމެ ބޮޑު މައްސަލަކަމުގައި ފާހަގަކުރެވެއެވެ.
ގައުމީ ޔުނިވަސިޓީގެ ނާސިން ސްކޫލް އިފްތިތާހް ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ