ޖުމްހޫރީ ޕާޓީގެ އަމާޒަކީ ދިވެހި ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ޤާއިމްކޮށް ދިނުންކަމަށާއި އެކަމަށްޓަކައި ޖުމްހޫރީ ޕާޓީން މަސައްކަތްކުރަމުންދާނެކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.
ޤާސިމް އިބްރާހިމް މިހެން ވިދާޅުވީ، ބ އަތޮޅާއި ގއ އަތޮޅާއި އައްޑު އަތޮޅުގެ ބައެއް ރައްޔިތުން ޖުމްހޫރީ ޕާޓީއަށް ސޮއިކުރުމުގެ ގޮތުން ރޭ އެޕާޓީގެ އޮފީހުގައި ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމް ވިދާޅުވީ އެޕާޓީއަކީ ރައްޔިތުންނަށް އަމާންވެއްޓެއް ޤާއިމްކޮށްދީ ދިވެހިޤައުމަށް ދިމާވެފައިވާ ކޮރަޕްޝަނާއި ފަސާދައިގެ އަމަލުތައް ހުއްޓުވޭ ވަރުގެ ޤާބިލިއްޔަތުކަން ހުރި ޕާޓީއެއްކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ ގައުމިއްޔަތެއް ބިނާ ކުރަން، މީހުން މެރުމާއި މިބާވަތުގެ ކަންކަމުން ސަލާމަތްވެ ތައުލީމީ، އަދި އިގުތިސޯދީ ގޮތުން ފުދުންތެރި ގައުމަކަށް އަޅުގަނޑުމެންގެ ގައުމު ހެދުން، އެކަން ކުރުމުގެ ކެޕޭބިލިޓީއާއި ވިސްނުމާއި ފިކުރު އަޅުގަނޑުމެންގެ އެބަހުރި، އަޅުގަނޑުމެން ކުރާ މަސައްކަތުގައި ދިވެހިރާއްޖޭގެ ހުރިހާ ލޮބުވެތި ރައްޔިތުން ބައިވެރިވުމަށް އަޅުގަނޑު ތަކުރާރުކޮށް ދަންނަވަން." ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެނޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ރޭގެ ރަސްމިއްޔާތުގައި އައްޑޫ އަތޮޅާއި ފުވައްހމުލަކުން އެޕާޓީއަށް ސޮއިކޮށްފައިވާ 250 މީހެއްގެ ފޯމާއި ކަމަދޫއިން ސޮއިކޮށްފައިވާ 80 މީހެއްގެ ފޯމް ޕާޓީ އާއި ހަވާލުކޮށްފައިވެ އެވެ.
އަމާޒަކީ ރައްޔިތުންނަށް ރައްކާތެރި އަމާން މާހައުލެއް ޤާއިމްކޮށް ދިނުން - ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ