ޕޭ ކޮމިޝަންގެ މެމްބަރު ކަމަށް އާއިޝަތު ފަރީދާ އައްޔަން ކޮށްފިއެވެ.
ޕޭ ކޮމިޝަނަށް ފަރީދާ އައްޔަން ކުރައްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުޙައްމަދު ޞާލިހް އެވެ.
މި ކޮމިޝަނުގައި ތިއްބަވަނީ، ކޮމިޝަނުގެ ރައީސް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އާއި ކޮމިޝަނުގެ އާންމު މެމްބަރުން ކަމުގައިވާ، މަރިޔަމް ނިޔާފް މުހައްމަދާއި، އަފާފް އިބްރާހީމް އާއި އަލީދީދީ އާއި ފާތުމަތު ޝާނާ ފާރޫގު އަދި އާއިޝަތު ފަރީދާއެވެ.
ގާނޫނު ނަންބަރު 2016/11 (ދައުލަތުގެ މުސާރައިގެ ސިޔާސަތުގެ ގާނޫނު) ގެ ދަށުން އުފައްދާފައިވާ ޕޭ ކޮމިޝަންއަކީ ދައުލަތުގެ މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކާއި، ވަޒީފާއަކުން ނުވަތަ މެންބަރުކަމުން ވަކިވެގެންދާއިރު ދެވޭނެ އިނާޔަތްތައް ކަނޑައެޅުމަށް ޤާނޫނުއަސާސީން ވަކި ފަރާތްތަކަކަށް ހަވާލުކޮށްފައިވާ މުސާރަ އާއި އިނާޔަތްތައް ކަނޑައެޅުމުގެ ބާރުގެ ދަށުން އެފަރާތްތަކުން ރިއާޔަތްކުރުން ލާޒިމު މިންގަނޑުތަކެއް، ހަރުދަނާ ގޮތެއްގައި ކަނޑައަޅަމުން، މުރާޖައާކުރަމުން، އިސްލާޙުކުރަމުން ގެންދިއުމުގެ މަސައްކަތްކުރާ ކޮމިޝަނެކެވެ.
ޕޭ ކޮމިޝަންގެ މެމްބަރު ކަމަށް ފަރީދާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ