ސިޔާސީ މަސްރަހު ބަލަމުންދިޔަ ބޭރު ފަރާތްތަކަށް ދިއްގަރު ދާއިރާގެ ރައްޔިތުން ފިލާވަޅެއް ދީފި: އާރިފް
ރާއްޖޭގެ ސިޔާސީ މަސްރަހާ ދިމާލަށް ކަޅިއަޅައިގެން ތިބި ދުނިޔޭގެ ހުރިހާ ފަރާތްތަކަށް ދިއްގަރު ދާއިރާގެ ރައްޔިތުން ބޮޑު ފިލާވަޅެއް ދީފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ސްޕޯކްސް ޕާސަން އަލީ އާރިފް ވިދާޅުވެއްޖެ އެވެ. ދިއްގަރު ދާއިރާގެ މަޖިލިސް ގޮނޑި އިކޮނޮމިކް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި އަހްމަދު ފާރިސް މައުމޫން ކާމިޔާބުކުރެއްވުމާ ގުޅިގެން މިއަދު ދިއްގަރުގައި ނޫސްވެރިންނާ ބައްދަލު ކުރައްވައި އާރިފް ވިދާޅުވީ ފާރިސް ކާމިޔާބު ހޯއްދެވީ އިދިކޮޅު ތިން ޕާޓީގެ މެމްބަރުންް ނެރެފައިވާ ކެންޑިޑޭޓާ ވާދަކޮށް ކަމަށެވެ. "އަޅުގަނޑުމެންނާ އިދިކޮޅު ފަރާތްތައް އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީ އާއި އަދާލަތު ޕާޓީގެ އެ އުޅޭ އެންމެންް ގުޅިގެން ހުރިހާ މަސައްކަތެއް ކޮށްގެން އަޅުގަނޑުމެންގެ ކެންޑިޑޭޓާ ދެކޮޅަށް ކުރިމަސައްކަތުން އެބޭފުޅުންނަށް އެ ލިބިވަޑައިގަތް އެެއްޗަކުންް މުޅި ދުނިޔެ ރާއްޖޭގެ ސިޔާސީ މަސްރަހާ ދިމާލަށް ކަޅިއަޅައިގެންް ތިއްބެވި ދުނިޔޭގެ ހުރިހާ ފަރާތްތަކަށް ބޮޑު ފިލާވަޅެއް ދާއިރާގެ ހުރިހާ ރައްޔިތުން އެދެއްވީ،" އާރިފް ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ދިއްގަރު ދާއިރާގެ ކުރީގެ މެމްބަރު އަހްމަދު ނާޒިމު އިންތިޚާބުވެވަޑައިގަތީ 1232 ވޯޓުން ކަމަށާއި ނަމަވެސް ފާރިސް އިންްތިޚާބު ކާމިޔާބު ކުރެއްވީ އެ އަށްވުރެ ބޮޑު ނަތީޖާއަކުން ކަމަށެވެ. ނާޒިމު ވެސް ޕީޕީއެމްގެ ޓިކެޓުގައި ގޮނޑި ކާމިޔާބު ކުރެއްވީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށާއި ފާރިސް ވެސް ރައީސް ޔާމީންގެ ވެރިކަމުގައި އެ އަށްވުރެ ގިނަ ވޯޓު ހޯއްދަވައިގެން އިންތިޚާބު ކާމިޔާބު ކުރެއްވުމަކީ ރައީސް ޔާމީންގެ ސަރުކާރަށް އޮތް ތާއީދު އިތުރުވެގެންދާ ކަމުގެ ހެއްކެއް ކަމަށް ވެސް އާރިފް ވިދާޅުވިއެވެ. ޕީޕީއެމްގެ ނައިބު ރައީސް އަބްދުﷲ އަބްދުއްރަހީމް ދިއްގަރުގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ-- ސަން ފޮޓޯ/ އަހުމަދު އާޒިފް ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުނ ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މަޖިލީސް މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ރަށު ކައުންސިލްތަކުގެ އިންތިޚާބު ޕީޕީއެމުން ކާމިޔާބު ކުރުމުން އެއީ ކުޑަ އިންތިޚާބެއް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ފާޑުވިދާޅުވާ ކަމަށެވެ. ނަމަވެސް މިއަދު ބޮޑު އިންތިޚާބެއް މި ވަނީ ކާމިޔާބު ކުރެވިފައި ކަމަށާއި އަދިވެސް ޕީޕީއެމްއާ އެކު އިންތިޚާބަކަށް ވަޑައިގަތުމަށް އިދިކޮޅު ފަރާތްތަކަށް ގޮވާލާ ކަމަށް އޭނާ ވިދާޅުވި އެވެ. "މިއަދު އިދިކޮޅު ފަރާތްތަކަށް އަޅުގަނޑުމެން ދަންނަވާލަން ބޭނުންް އަދިވެސް އަޅުގަނޑުމެންނާ ވާދަކުރައްވަން ނުކުމެވަޑައިގަންނަވާށޭ. އަޅުގަނޑުމެން މި ތިބީ ތައްޔާރަށޭ. މިއަދުގެ ސަރުކާރުން ގާނޫނާ ޚިލާފު ކަމެއް ނުކުރާކަން، ސަރުކާރުން އަނިޔާވެރި ނުވާކަން، ސަރުކާރުން އަދުލުއިންސާފުގެ ދާއިރާއަށް އަރައިނުގަންނަކަން، ސަރުކާރުން މަސައްކަތް ކުރަނީ ގާނޫނީ އިމުގެެ ތެރެއިން ކަން، ސަރުކާރުން ބޭނުންވަނީ އަދުލުއިންސާފު ގާއިމްކުރަން ކަން، ސަރުކާރުން ބޭނުންވަނީ ރާއްޖެއަށް ތަރައްގީ ގެންނަންކަން ރައްޔިތުން މި ވަނީ ވޯޓަކުން ސާބިތުކޮށްދީފަ،" އަބްދުއްރަހީމް ވިދާޅުވި އެވެ. މިއަދުގެ ސަރުކާރު މި އޮތީ ވަރަށް ވަރުގަދަކޮށް ކަމަށާއި "އެމްޑީއޭ އާއި ޕީޕީއެމް ގުޅިގެން އުފައްދާފައިވާ ސަރުކާރު" ރައްޔިތުން ވަރަށް ބޮޑަށް ބަލައިގެންފައިވާ ކަމަށް އަބްދުއްރަހީމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ