ސުޕްރީމް ކޯޓަށް އިއްޔެ ފާޑުކިޔާފައި ވަނިކޮށް މާދަމާ އިލެކްޝަންސް ކޮމިޝަން އަނެއްކާވެސް ސުޕްރީމް ކޯޓަށް ޙާޒިރު ކުރަނީ
އިލެކްޝަންސް ކޮމިޝަން އަނެއްކާވެސް ސުޕްރީމް ކޯޓަށް ޙާޒިރު ކުރުމަށް ސުޕްރީމް ކޯޓުން ތާވަލު ކޮށްފި އެވެ. ސުޕްރީމް ކޯޓުގެ ހުރުމަތް ކެނޑޭ ގޮތަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން ވާހަކަތައް ދައްކަވާފައިވާ ކަމަށް ބުނެ އާއި އަމުރުތަކާ ހިލާފުވެފައިވާ ކަމަށް ބުނެ ސުޕްރީމް ކޯޓުން އަމިއްލަ އަށް ބަލާ މައްސަލައިގެ އަޑުއެހުން ތާވަލު ކޮށްފައި ވަނީ މާދަމާ ހެނދުނު 10:30 އަށެވެ.މި މައްސަލައިގެ ދެ އަޑުއެހުމެއް މީގެ ކުރިން ވެސް ބާއްވާފައި ވާއިރު އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި އިލެކްޝަންސް ކޮމިޝަންގެ ހުރިހާ މެންބަރުން ވެސް ވަނީ ތުހުމަތު ތަކަށް އިންކާރު ކުރައްވާފައެވެ.އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންގެ މައްޗަށް ސުޕްރީމް ކޯޓުން އަމިއްލައަށް ދައުވާކޮށް، މައްސަލަ އަމިއްލައަށް ބެލުމަކީ ގާނޫނު އަސާސީގެ ރޫހާ ހިލާފު ކަމެއް ކަމަށް ވިދާޅުވެ އެ ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު އިއްޔެ ވެސް ވަނީ ބައެއް މީޑިޔާ ތަކުގައި ސުޕްރީމް ކޯޓަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ